ads
ސުޕްރީމް ކޯޓުގެ ފުރަތަމަ އަންހެން 2 ފަނޑިޔާރުން
ވިހެއުމުން ފަނޑިޔާރުންނަށް ޗުއްޓީ ލިބޭ ބިލު ތަސްދީގު ކުރައްވައިފި
ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީގެ މުއްދަތު ފަނޑިޔާރުންނަށް ވެސް ހަ މަހުގެ މުއްދަތަށް އިތުރު ކުރުމަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވައިފި އެވެ.

މި ބިލަކީ، މި އަހަރުގެ މާރިޗު ހަތެއް ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. 

އެ ޤާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ޗުއްޓީ ދިނުމަށް ކަނޑައަޅާ މާއްދާއެއް އެ ޤާނޫނުގެ 64 ވަނަ މާއްދާގެ ފަހަތަށް ވަނީ އިތުރުކޮށްފަ އެވެ.

އެ މާއްދާގައި ބުނާގޮތުން ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ހައްގު، ކޮންމެ ފަނޑިޔާރަކަށްމެ ލިބިގެންވެއެވެ. އަދި ވިހެއުމާއި ގުޅިގެން ދެވޭ ޗުއްޓީ އަކީ މުސާރަ ހިނގާ ގޮތަށް ދެވޭ ޗުއްޓީއެއް ކަމަށާއި މި ޗުއްޓީގެ މުއްދަތަކީ އަންހެން ފަނޑިޔާރަކަށް ހަ މަސް ދުވަސް އަދި ފިރިހެން ފަނޑިޔާރަކަށް އެއް މަސް ދުވަސް ކަމުގައި ކަނޑައަޅާފައިވެއެވެ. އަދި މާބަނޑުވުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން ލިބިދޭ އެހެނިހެން ޗުއްޓީ ލިބުމުގެ ހައްގު ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ފަނޑިޔާރުންނަށް ލިބިގެންވެ އެވެ.

މި ޤާނޫނު ތަސްދީގު ކުރުމާއެކު މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވި އަމަލުކުރަންފެށިފައެވެ. 

ޝަރުއީ ދާއިރާގައި މުވައްޒަފުންނާއި, ސިވިލް ސާވިސް މުވައްޒަފުންނާއި, މިނިވަން މުއައްސަސާތަކާއި, ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީގެ މުއްދަތު އިތުރުކުރަން ފެށީ 2019 ގައެވެ. އޭގެ ކުރިން ވިހެއުމާއި ގުޅިގެން މުވައްޒަފުންނަށް ދެނީ ދެ މަސް ދުވަހުގެ ޗުއްޓީއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް