ads
ކ. ހިންމަފުށި ބަނދަރުގެ (ދެވަނަ ފިޔަވަހި) ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން: ފޮޓޯ/ އެމްޓީސީސީ
ހިންމަފުށީ ބަނދަރުގެ ބޮޑު ބައެއް ނިމިއްޖެ
ކ. ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމަށް ހިންގާ 25.88 މިލިއަން ރުފިޔާގެ ދެވަނަ ބުރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެ ފިއެވެ.

ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު (ދެވަނަ ފިޔަވަހި) ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތާއި އާ ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތް ކަމަށާއި، މި މަޝްރޫޢުގެ ދަށުން، އާ ހާބާ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުން ހިމެނެ އެވެ.

އެގޮތުން 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ނެރު ބައްތި ހަރު ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

ހިންމަފުށީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއަކީ ޖުމްލަ 25.88 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށްދާ މަޝްރޫއު ފަށާފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް