ads
ރާއްޖެއިން ސިންގަޕޫރު ސަރުކާރާ އެކު އެއްބަސްވުމުގައި ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއާއި ސިންގަޕޫރާއި ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން ދިވެހި ރާއްޖެއާއި ސިންގަޕޫރާއި ދެމެދު ދެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ސިންގަޕޫރުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ އެވެ. އަދި މި އެއްބަސްވުމުގައި ސިންގަޕޫރުގެ ފަރާތުން ސޮއި ކުރެއްވީ، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އިސްވަރަން އެވެ. 

ރާއްޖެއިން ސިންގަޕޫރާއެކު ގާއިކޮށްފައިވަނީ ޓްރާންސްޕޯޓުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭ އެއްބަސްވުމެއްގެ އިތުރުން އެއާކްރާފްޓް އެކްސިޑެންޓްތައް ތަހުގީގު ކުރުމާއި ގުޅޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މިއަދު ސޮއި ކުރެވިގެން ދިޔަ އެއްބަސްވުމުގެ ދަށުން ދެގައުމުގެ ދެމެދު ދަތުރު ފަތުރުގެ ދާއިރާގެ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށާއި، އެގޮތުން ރާއްޖޭގެ ވައިގެ ދަތުރު ފަތުރާ ބެހޭ ތަމްރީން ތަކާއި، ކަނޑުދަތުރު ފަތުރުގެ ދާއިރާއިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ. 

މީގެ އިތުރުން މަގުމަތީގެ ޓްރެފިކް މެނޭޖުކުރުމުގައި އެހީތެރިކަން ލިބޭނެ ކަމަށާއި، މަތިންދާ ބޯޓުތަކަށް ދިމާވާ އެކްސިޑެންޓްތަކާއި، ވައިގެ ދަތުުރުފަތުރުގައި ހިނގާ ހާދިސާތައް ތަހުގީގުކުރުމުގައި ވެސް އެހީތެރިކަން ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މި އެއްބަސްވުންތަކަކީ ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދެގައުމުންވެސް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް