ކަރެކްޝަނުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގައި 80 މީހުން ޖަލަށްލާފައިވެއެވެ. އަދި އޭގެތެރެއިން 64 މީހުންނަކީ ހުކުމް ތަންފީޒުކުރަން ޖަލަށްލީ މީހުން ކަމަށާއި, 16 މީހުންނަކީ ޝަރީއަތް ފެށެންދެން ޖަލަށްލީ މީހުންކަމަށް ތަފާސް ހިސާބުތަކުގައި ބުނެފައިވެއެވެ.
ކަރެކްޝަނުން ހާމަކުރި ގޮތުގައި އެންމެ ގިނައިން ހުކުމް ތަންފީޒު ކުރަން ޖަލަށްލާފައިވަނީ ޑްރަގްގެ މައްސަލަތަކުގަ އެވެ. އެއަށް ފަހު ވައްކަމުގެ މައްސަލަތަކުގަ އެވެ. ދެން އެންމެ ގިނައީ ހުއްދަ ނެތި މުދާ އަތުލުމުގެ މައްސަލަތަކާއި, ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކާއި, އާންމު ތަންތަނުގައި ތޫނު އެއްޗެހި ގެންގުޅުމުގެ މައްސަލަތަކުގައި ޖަލަށްލާފައިވާ މީހުންނެވެ.
ކަރެކްޝަނުން ހާމަކުރި ގޮތުގައި މިދިޔަ މަހުގައި 52 މީހަކު ވަނީ ޖަލުން ދޫކޮށްލާފައެވެ. އޭގެތެރެއިން 23 މީހުން ދޫކޮށްލީ ހުކުމް ތަންފީޒު ކުރުމަށް ފަހު ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.