ދީނީ އިލްމުވެރިޔާ އާދަމް ނިޝާން ވިދާޅުވެފައިވަނީ މިސްކިތަށް "ގެއްލުން ދިނީ އެތަނުގައި އަބަދުހެން ނިދާ ޒުވާނެއް" ކަމަށެވެ. އަދި މީގެ ކުރިން ވެސް އެ ޒުވާނާ މިސްކިތަށް އެތައް ފަހަރަކު ގެއްލުން ދީފައިވާ ކަމަށް އޭނާ ތުހުމަތުކުރައްވައެވެ.
މިސްކިތަށް ދީފައިވާ ގެއްލުންތައް ދައްކުވައިދޭ ވީޑިއޯތަކުން ފެންނަ ގޮތުގައި އިމާމުން ނަމާދުކުރާ ސަރަހައްދުގައި ހުރި ކަރަންޓު ބޯޑުތަކާއި ވުލޫކުރާ ސަރަހައްދުގައި ހުރި އިސްކޫރުތަކަށް ގެއްލުން ދީފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށާއި މިހާރު ވަނީ ތަހުގީގު ފަށާފައި ކަމަށެވެ. އަދި މިސްކިތަށް ގެއްލުން ދިނީ ބަޔަކު ވެގެންތޯ ނުވަތަ އެކަކު އެކަނިތޯ ބަލަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.