ads
ދިއްދޫގައި ޖޫނިއާ ކޮލެޖެއް ބިނާކުރަނީ. ފޮޓޯ/ ހަޔާ އެޑިއުކޭޝަން
ފުޑް ޕްރޮސެސިން ލެބަކާއެކު ދިއްދޫގައި ޖޫނިއާ ކޮލެޖެއް ބިނާކުރަނީ
ހއ. ދިއްދޫގައި ބިނާކުރާ ޖޫނިއާ ކޮލެޖް ހާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިން އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށް ކަމަށް ހަޔާާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
Advertisement

ދިއްދޫގައި ބިނާކުރާ ޖޫނިއާ ކޮލެޖް ހާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިން އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށް ނަމަަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ، ހަޔާ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަހައްދު ތަކަށް އަމާޒުކޮށް މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ދިއްދޫގައި ހިންގާ ޕްރޮޖެކްޓެކެވެ. 

އަދި މި ޕޮރޮޖެކްޓްގެ ކޮންސްޓަރަކްޝަން މަސައްކަތަށް ހުޅުވައިލި ޓެންޑަރުގެ ބީލަން ހުޅުވުން މިއަދު މިނިސްޓްރީ އޮފް ފިނޭންސްގައި އޮތް އިރު ހަ ފަރާތަކުން ވަނީ ބީލަން ހުށަހަޅާ ފައިވެއެވެ.

އެގޮތުން މި ޕްރޮޖެކްޓުގެ ދަށުން، ޖޫނިއަރ ކޮލެޖް އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް ފުރަތަމަ ފަހަރަށް ޓެންޑާ ކޮށްފައިވާ މަޝްރޫއުގެ ބީލަމާ ގުޅިގެން ދޫކޮށްފައިވާ އެޑެންޑަމްއާއެކު އިޝޫކޮށްފައިވާ ބީ.އޯ.ކިއު އާއި ކުރެހުމުގައި އޮޅުންއަރާ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ، ކުރިން ހުށަހަޅައިފައިވާ ބިޑުތައް ބާތިލްކޮށް، އަލުން އިއުލާނުކުރުމަށް ނޭޝަނަލް ޓެންޑާ ބޯޑުން ނިންމަވާފައިވާތީ، މި މަސައްކަތް ރީ-ޓެންޑަރކޮށްފައިވަނީ ހައެއް މާޗް 2022 ގައެވެ.

އެ ޖޫނިއާ ކޮލެޖް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 30،000 އަކަފޫޓްގެ ޖާގައިގާގައި ކަމަށާއި، މި ޕްރޮޖެކްޓް އެއްކޮށް ނިމޭއިރު އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންކުރާނެ ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެ ކަމަށް ހަޔާާ އެޑިއުކޭޝަން ބުނެއެެވެ.

އެ ޖޫނިއަރ ކޮލެޖުގައި ފުޑް ޕްރޮސެސިންގ ލެބަކާއި، ފުޑް ޓެސްޓިންގ ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެ ކަމަށް އެ ފަރާތުން ބުނެއެވެ. 

މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާހާނާއާއި ލިފްޓްވެސް ހުންނާނެ ކަމަށްވެސް އެ ފަރާތުން ބުނެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް