ads
ޑރ.އަހްމަދު ސޯލިހު. ފޮޓޯ: ރައީސް އޮފީސް
ސްޓޭޓް މިނިސްޓަރު ސޯލިހަށް ހުކުމްކުރުން މި މަހު 29 ގައި
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.އަހްމަދު ސޯލިހުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ އަޑުއެހުންތައް ނިންމާލައި, މި މަހުގެ 29 ވަނަ ދުވަހުގައި ހުކުމްކުރުމަށް ކްރިމިނަލް ކޯޓުން  ތާވަލްކޮށްފިއެވެ.
Advertisement

ސޯލިހުގެ މައްޗަށް އެ ދައުވާ އުފުލީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ތަހްގީގުކުރާކަމަށް ބުނާ  ބައެއް ރަށްތަކުގެ ތަހްގީގެއް ނުކުރާކަމަށް ބުނެ, ބައެއް  ފަަރާތްތަކަށް ސޯލިހް ފޮނުއްވި ސިޓީތަކަކާއި ގުޅިގެންނެވެ.

މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ދެ ފަރާތުން ވެސް ހުލާސާ ބަޔާން ހުށަހެޅުމެވެ.

ސޯލިހުގެ ދިފާއީ ވަކީލުން ވިދާޅުވީ ސޯލިހް ފޮނުއްވިކަމަށް ބުނާ ސިޓީތަކުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމަށް މަސައްކަތް ކުރިކަމެއް ސާބިތުވާކަށް ނެތް ކަމަށެވެ. ހަމައެހެންމެ ދައުލަތުން ފާހަގަކުރި ރަށްތަކާއި ގުޅޭ ގޮތުން ކޮމިޝަނުން ތަހްގީގެއް ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ.

މީގެ އިތުރުން ދިފާއުން ބުނީ ރަށްތަކާއި ގުޅޭ ގޮތުން މިނިސްޓްރީއަށް ހުށަހަޅާ ސިޓީތަކަށް ބަރާބަރަށް ޖަވާބުދެމުންދިޔަ ކަމަށާއި, އާންމު އުސޫލުން ހުރިހާކަމެއް ހިނގަމުން ދިޔަ ކަމަށެވެ. އަދި ބައެއް ރަށްތަކާއި ގުޅޭ ގޮތުން ބައެއް ކަންކަން ނުކުރުމަށް ކޮމިޝަނުން އަންގާފައިވަނިކޮށް އެއާއި ހިލާފަށް ސޯލިހު އަމަލުކުރެއްވިކަމަށް ދައުލަތުން ބުނި ނަމަވެސް, ކޮމިޝަނުގެ އެ އެންގުމާއި ހިލާފަށް މިނިސްޓްރީން އަމަލުކުރާ ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށްފަހު ގާޒީ އަލީީ އާދަމް ވިދާޅުވީ ދެން އޮންނާނީ މި މައްސަލައިގައި ހުކުމް ކުރުން ކަމަށާއި, އެ އަޑުއެހުން އޮންނާނީ މި މަހުގެ 29 ގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް