ads
އިންތި އަދި އިމްރާން
އިކޮނޮމިކް މިނިސްޓްރީން ހިންގި ބޮޑު ހިޔާނާތުގެ ތަހްގީގު ހިންގުމަށް ހުރަސްއަޅަނީތޯ: އިންތި
ރިސޯޓެއް ހެދުމުގެ މަސައްކަތަށް ބިދޭސީން ގެނައުމުގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ބޮޑު ހިޔާނާތެއް ހިންގާފައިވާ ކަމަށާއި, އެ މައްސަލަ ނުބެލި ތިން އަހަރުވަނީކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯމް މިނިސްޓަރު  އިމްރާން އަބްދުﷲ އާއި ސުވާލު ކުރައްވަން ލިބިވަޑައިގަތް ފުރުސަތުގައި އިންތި ވިދާޅުވީ ސަރުކާރުގެ ތެރެއިން ކޮރަޕްޝަން  މަދުކުރެވޭނީ މައްސަލަތައް ތަހްގީގު ކުރެވޭކަމުގެ ޔަގީންކަން ލިބުމުން ކަމަށެވެ. އަދި މި ސަރުކާރު އައި ފަހުން އިކޮނޮމިކް މިނިސްޓްރީގެ ތެރޭގައި ހިންގި ހިޔާނާތެއްގެ މައްސަލަ އިމިގުރޭޝަނުން ފުލުހަށް ހުށަހެޅިތާ ތިން އަހަރުވަނީ ކަމަށް ވިދާޅުވެ އިންތި ވަނީ ތަހްގީގަށް ހުރަސް އަޅަނީތޯ ސުވާލު ކުރައްވާފައެވެ.

''އެއީ ސޮނެވާފުށި ރިސޯޓް ކޮންސްޓްރަކްޝަންގެ ނަމުގައި އެއް ހާސް ވަގު ކޯޓާއަށް އެދި އަދި 960 ކޯޓާ އެޕްރޫވްކޮށް, އޭގެތެރެއިން 208 މީހުން ވަގަށް އެތެރެވެފައިވާ މައްސަލައެއް. މި މައްސަލައިގެ ތަހްގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ؟ އަދި އެއްވެސް ފަރާތަކުން މި މައްސަލައިގެ ތަހްގީގު ހިންގުމަށް އެބަ, ހިންގުމާ މެދު ހުރަސް އެބަ އަޅާތޯ؟ އެހެންވެގެންތޯ ނުހިނގަނީ؟ ތިން އަހަރު ވަނީ އިނގޭތޯ؟'' އިންތި, އިމްރާނާއި ސުވާލު ކުރެއްވިއެވެ.

ޖަވާބުގައި އިމްރާން ވިދާޅުވީ ކޮންމެއަކަސް އެ މައްސަލައަކީ ވަކި ސްޕެސިފިކް ތަހްގީގަކަށްވާތީ, މިއަދާއި ހަމައަށް އައިއިރަކު ސީދާ އެ ތަހްގީގު ގޮސްފައި އޮތް މިންވަރާއި, އެކަން ހިނގާފައި އޮތް ގޮތް ދަންނަވަން ދަތި ކަމަށެވެ. އަދި މިހާރުގެ އަޕްޑޭޓް ދަންނަވަން އެނގޭވަރަކަށް ބަލައިލެވިފައެއް ނެތްކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް