ads
ޗުއްޓީ ނެގީ އެންމެ 3 ދުވަހު ކަމަށް ބުނެ ޖޯން އެތައް ބަޔަކު ހައިރާންކޮށްލައިފި
އެކްޓިން އިންޑަސްޓްރީގައި އުޅޭ މީހުންނަކީ ޕްރޮމޯޝަނަލް އިވެންޓްތަކުގައި، ރެ އާއި ދުވާލު ބުރަކޮށް މަސައްކަތް ކުރާ މީހުންނެވެ. އެ މީހުން ބުރަކޮށް އުޅޭވަރު ގިނަ ފަހަރަށް މީހުންނަށް އިހުސާސު ވެސް ނުކުރެވިދާނެ އެވެ. ޗުއްޓީއެއް ނުނަގާ މަސައްކަތުގައި އުޅޭ ތަރިން ވެސް އުޅެ އެވެ.

އަށާރަ އަހަރު ތެރޭގައި ޗުއްޓީގެގޮތުގައި އެންމެ ތިން ދުވަސް ނަގާފައިވާ ތަރިން ވެސް ބޮލީވުޑުގައި ހަރަކާތްތެރިވާ ކަމަށް ބުނެފި ނަމަ ގަބޫލު ކުރަން ވެސް ދަތިވާނެ އެވެ. އެހެން ނަމަވެސް ބޮލީވުޑުގައި ފިޔަޖަހަމުން އަންނަ މަޝްރޫހު ބަތަލު ޖޯން އަބްރަހަމް ބުނާގޮތުގައި މިދިޔަ 18 އަހަރު ދުވަހުގެ ތެރޭގައި އޭނާ ޗުއްޓީގެ ގޮތުގައި ނަގާފައިވަނީ އެންމެ ތިން ދުވަހެވެ.

ޖޯން އަބްރަހަމް މި ވާހަކަ ހިއްސާކޮށްފައިވަނީ އެކްޓަރު ޝިލްޕާ ޝެޓީގެ ފިޓްނަސް ޝޯގަ އެވެ. އެއީ ވަރަށް ނަސީބު ދެރަ ކަމެއް ކަމަށް އޭނާ އިއުތިރާފުވެފައިވެ އެވެ. އަދި އެއީ ރަނގަޅު ކަމެއް ކަމުގައި ނުދެކޭ ކަމަށާއި ކޮންމެ މީހަކަށް ވެސް ޗުއްޓީ އެއް ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. އަދި ވަކިން ހާއްސަކޮށް ފޮނި ކާ އެއްޗެހި ކެއުމުން ދުރު ހެލިވުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށާއި އެހެންކަމުން އޭނާގެ ނިންމުންތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ސިނގިރޭޓް ބޮއެގެން ލިބޭ ގެއްލުމަށް ވުރެ ހަކުރު ކައިގެން ލިބޭ ގެއްލުން މާ ބޮޑުކަމަށް ބުނެ އެކްޓަރު ވަނީ ފާއިތުވި 27 އަހަރު ތެރޭ އޭނާ އަށް އެންމެ މީރު ކާޖޫ ކަޓްލީ ނުކާ ކަން ހާމަކޮށްފަ އެވެ. ޖޯން ގަބޫލުކުރާ ގޮތުގައި ހަކުރު އަކީ ދުނިޔޭގައި ވާ އެންމެ ބޮޑު ވިހަ އެވެ. ދަޅުގައި ބަންދުކޮށްފައި ހުންނަ ބުއިންތައް ބުއިމުން ވެސް ދުރު ހެލި ވަނީ އެ ސަބަބަށްޓަކަ ކަމަށް އޭނާ ބުންޏެވެ.  

އޭނާގެ ޑައެޓްގެ ވާހަކަތަކުގެ އިތުރުން ޖޯން އަބްރަހަމް ވަނީ އޭނާގެ ފޯނުގައި ސޯޝަލް މީޑިއާ އެޕްތައް ނެތް ކަމަށް ބުނެފައެވެ. އެންމެ ކުޑަމިނުން ވަޓްސްއެޕް ވެސް ބޭނުން ނުކުރާ ކަމަށާއި އަދި ވަރަށް އަވަހަށް ސޯޝަލް މީޑިއާ އާ އެއްކޮށް ދުރަށް ދިއުމުގެ ވިސްނުން ވެސް އޭނާ ގެންގުޅޭކަމަށް ވެސް އެ ޝޯގައި އޭނާ ބުންޏެވެ. ތަރިންގެ އެކްޓިން ކެރިއަރުގެ އެންމެ އުސް ހަރުފަތުގައި ދެމިހުރުމަށް ބައެއް އުނދަގޫ ކަންކަން އިހްތިޔާރު ކުރަންޖެހޭކަމަށް ވެސް އޭނާ ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް