ads
އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލު ކައިރިން ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލު ކައިރީ ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް
އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލު ކައިރިން، ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) ގެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލު ކައިރިން، ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔާ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު 10:10 ހާއިރު ކަމަށް، އެ މުއައްސަސާއިން ވަނީ ހާމަކޮށްފައެވެ. 

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލު ކައިރީގައި މީގެ ކުރިންވެސް އަލިފާނުގެ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން މީގެ 2 އަހަރު ކުރިން ހިނގި އަލިފާނުގެ ހާދިސާގައި، އަލިފާންގަނޑު 200 ފޫޓަށް ފެތުރި އަލިފާން ނިއްވަން ދޮޅުގަޑިއިރެއްހާއިރު ވަނީ ހޭދަކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް