ads
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފީވަކު ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަނީ--
މާލެ އަދި ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލަނީ: އެމްޑަބްލިއުއެސްސީ
ސިނަމާލެ ބްރިޖް މެދުވެރިކޮށް ޕައިޕްލައިން އަޅައިގެން މާލެ އަދި ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމުގެ މަސައްކަތްތަކާއި، ފެން ރައްކާކުރެވޭ މިންވަރު އިތުރު ކުރުމަށްޓަކައި ފެނުގެ ނެޓް ވޯކް ގުޅާލުމަށް ނިންމާފައިވާ ކަމަށް ފެން ކުންފުނިން ބުނެފިއެވެ.
Advertisement

ޕައިޕްލައިން އަޅައިގެން މާލެ އަދި ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމުގެ މަސައްކަތްތަކާއި، ފެން ރައްކާކުރެވޭ މިންވަރު އިތުރު ކުރުމަށްޓަކައި ފެނުގެ ނެޓް ވޯކް ގުޅާލުމަށް މާލެއާއި ހުޅުމާލޭގައި އިތުރު ފެން ތާންގިތައް ހެދުމުގެ މަސައްކަތް ތައް ވެސް ދަނީ ކުރެވެމުން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ކޮންމެ އަހަރަކުވެސް ފެނުގެ ދުވަސް ފާހަގަ ކުރުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން މިއަހަރުވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ފެނުގެ ދުވަސް ފާހަގަ ކުރުމަށް ތަފާތު އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެ ކުންފުނިން ވަނީ ނިންމާ ފައެވެ. 

ސާފު ރައްކާތެރި ފެނާ މެދުގައި ރައްޔިތުން ހޭލުންތެރި ކުރުމަށް ތަފާތު ކެމްޕޭނު ތަކެއް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާއިރު، ފެނުގެ މުހިންމުކަމާއި، ފެނުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށާއި، ފެން އިސްރާފު ނުކުރުމަށާއި އަދި އެ ކުންފުނިން ފޯރުކޮށްދޭ ސަޕްލައި ފެނުގެ ރައްކާތެރިކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ޕްރޮގުރާމް ތަކެއް މިއަހަރު ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާ ފައެވެ. 

އެގޮތުން އެމް.ޑަބް.ލިޔު.އެސް.ސީ އިން އުފައްދާ ފޯރުކޮށްދެމުންދާ ފެނަކީ ޒަމާނީ ޓެކްނޮލޮޖީއާ ވަސީލަތްތައް ބޭނުންކޮށްގެން، ލޮނު ފެން، ސާފު ފެނަށް ބަދަލުކޮށްގެން، އުފައްދާ ރައްކާތެރި ފެނެކެވެ. މި ފެނަކީ ބުއިމަށް ރައްކާތެރިކަމަށް ބައިނަލްއަގުވާމީ ގޮތުންކަނޑައަޅާފައިވާ މިންގަނޑަށްވުރެވެސް ރަނގަޅު ފެންވަރެއްގެ ފެނެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

"ފެނުގެ ކޮލިޓީ ކަށަވަރުކުރުމަށްޓަކައި ފެން އުފެއްދުމުގެ އެކި މަރުހަލާތަކުގައި ތަފާތު އެކިއެކި ޓެސްޓްތައްކުރެވޭ. ކޮންމެ ދުވަހަކުވެސް މަދުވެގެން އެއް ފަހަރު، ފެނުގެ ނެޓުވޯކުގެ ސަރަހައްދުތަކުން ސާމްޕަލްނަގައި ޓެސްޓުތައް ކޮށް އަދި މިފެން ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭތޯ އަންނަނީ ކަށަވަރުކުރަމުން." ފެން ކުންފުނިން ބުންޏެވެ.

އދ. ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ހަވަނަ ލަނޑުދަނޑިއަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެންމެނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ލަނޑުދަނޑިއެވެ. މި ލަނޑުދަނޑި ހާސިލްކުރަނީ ތިމާވެށި ރައްކާތެރިކޮށް ޖައްވު ނުސާފުވާމިންވަރު ވެސް ކުޑަކޮށްގެންނެވެ. މިލަނޑުދަނޑި ހާސިލްކުރުމަށް އެމް.ޑަބްލިޔު.އެސް.ސީ އިންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރުމުން ކަމަށާއި، މިގޮތުން ވޯޓާ ސެކިއުރެޓީ ކަށަވަރުކުރުމުގެ ގޮތުން މި ކުންފުނީގެ ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން މާލޭގެ އެހެން ދެ ސަރަހައްދެއްގައި ފެން އުފައްދާ ދެ މަރުކަޒެއް ގާއިމް ކޮށް، ފެން އުފެއްދުން ވަނީ ލާމަރުކަޒު ކުރެވިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އަދި ތިމާވެއްޓާއި ވީހާ ވެސް ރައްޓެހި ގޮތެއްގައި ފެން އުފެއްދުމަކީ އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒެވެ. އެގޮތުން އެ ކުންފުނީގެ ތިން އޮޕެރޭޝަން ސެންޓަރެއްގައި ދަނީ ފެން އުފެއްދުމުގައި  އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރަމުންނެވެ. އަދި ޕައިޕްލައިން އަޅައިގެން މާލެ އަދި ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމުގެ މަސައްކަތްތަކާއި، ކުންފުނީގެ މިސްރާބު ހުރީ  އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު ކުރިއަށް އޮތްތާގައި އިތުރުކުރުމަށް އެ އެކުންފުނިން ބުނެއެވެ.

1995 ވަނަ އަހަރު ވުޖޫދަށް އައި އެމް.ޑަބްލިއު.އެސް.ސީ.ގެ މައިގަނޑު އަސާސަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހަމަހަމަކަމާއެކު  ރައްކާތެރި ބޯފެނާއި ނަރުދަމާގެ ފޯރުކޮށްދިނުމެވެ.  ދިވެހި ރާއްޖެއަކީ ފެނުގެ ވަސީލަތްތައް މަދު ގައުމަކަށް ވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ މަސައްކަތް ފުޅާކޮށް ހިދުމަތް ތަރައްގީ ކުރުމުގައި މެދުކެނޑުމެއް ނެތި ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ފެނުގެ ވަސީލަތްތަކަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެންމެންނަށް ހަމަހަމަ އަދި ދެމެހެއްޓެނިވި ގޮތެއްގައި ފެން ފޯރުވައި ދިނުމުގެ މުހިންމުކަން އިތުރުވެފައި ވާއިރު ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އެމް.ޑްބްލިއު.އެސް.ސީއިން އަންނަނީ ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކުންފުންޏެވެ.   

އެ ކުންފުނިން ފެނުގެ ދާއިރާގައި ހޯދާފައިވާ ތަރައްގީއަށް ނަޒަރު ހިންގާލާއިރު، އެމް.ޑަބްލިޔު.އެސް.ސީ.ގެ 26 އަހަރު ދުވަހުގެ އިންޖިނިއަރިން ތަޖުރިބާގެ އެހީގައި، މިއަދު މި ކުންފުންޏަކީ ރާއްޖޭގައި ފެނުގެ މަޝްރޫޢުތައް ހިންގާ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެ ގޮތުން، ރަށްރަށުގައި ގާއިމްކުރާ ފެނާއި ނަރުދަމާގެ ނިޒާމުގެ ގިނަ މަޝްރޫއު ތަކުގައި އެމް.ޑަބްލިޔު.އެސް.ސީ.ގެ ބޮޑު ހިއްސާއެއް އޮންނަކަން ވެސް އެ ފަރާތުން ފާހަގަ ކުރެއެވެ. އެމް.ޑަބްލިޔު.އެސް.ސީ.ގެ އަމާޒަކީ މެދުކެނޑުމެއްނެތި، އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ބޯފެނާއި ނަރުދަމާގެ ހިދުމަތް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.  

ކޮންމެ އަހަރެއްގައިވެސް 22 މާރިޗް އަކީ ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ ފެނުގެ ދުވަހެއެވެ. އެ ދުވަސް ފާހަގަ ކުރުމަށް އދ. އިން ނިންމާފައިވަނީ ފެނުގެ މުހިއްމުކަން ހަނދާންކޮށް ދިނުމަށެވެ. ފެނާއި ފެނާ ގުޅުންހުރި މައްސަލަތަކުގެ އަޑު އުފުލުމަށް މިދުވަސް ފާހަގަ ކުރާއިރު ދުނިޔޭގައި ކޮންމެ ނުވަ މީހުންގެ ތެރެއިން އެކަކީ ސާފު ފެން ލިބުމުން މަހޫރޫމުވެފައިވާ މީހެކެވެ. މިއަހަރުގެ ފެނުގެ ދުވަހުގެ ޝިއާރެއް ގޮތުގައި އދ.އިން ކަނޑައަޅާފައި ވަނީ (Groundwater: making the invisible visible) މިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް