ads
ރައީސް ނަޝީދު އަދި ރީކޯ މޫސަ.
ރައީސް ނަޝީދާ އެކީ "ވީ ހާލެއްގަ ވާންޖެހޭ ސަބަބެއް ނެތް': މޫސަ
ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކީ ''ވީ ހާލެއްގަ ވާންޖެހޭ ސަބަބެއްނެތް'' ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ނަޝީދަށް ފާޑުކިޔުންތައް އަމާޒު ކުރައްވައިފިއެވެ.
Advertisement

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ތާއީދުކުރައްވާކަން ހާމަކުރައްވައި މޫސަ މިއަދު ވިދާޅުވީ ފައްޔާޒަށް ތާއީދު ކުރައްވާ އެންމެ ބޮޑު ހަގީގަތަކީ މިހާތަނަށް އެމްޑީޕީގެ އިސް ސަފުގައި ނަޝީދުއާއި ހިޔާލު ތަފާތުވި އެންމެން ޕާޓީން ބޭރުކޮށްލި ގޮތަށް އެ ޖާގަނުދީ ފަޔާގެ އިތުބާރުނެތްކަމަށް ހުށަހެޅުމުން ވެސް, އެމްޑީޕީން ''އާއިލީ ބާރު'' ކަނޑުވަން ކެރިގެން ތެދުވެވަޑައިގަތުން ކަމަށެވެ.

މޫސަ ވިދާޅުވީ ނަޝީދާއެކީ ''ވީ ހާލެއްގަ ވާންޖެހޭ ސަބަބެއް ނެތް'' ކަމަށެވެ. އަދި ނަޝީދު މަގުމައްޗަށް ނުނިކުންނަވައި އެ ހުންނަވަނީ ބަލިވާނެކަން އެނގިވަޑައިިގަންނަވާތީކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އަޅުދާސްތުވެގެން އުޅުމަކީ ޒަމާނުއްސުރެ ބައެއް މީހުންގެ ކަށީގައި ހިފާފައި ހުންނަ ކަމެއް ކަމަށެވެ.

''ނަޝީދަށް ވެސް ބަޔަކު އަޅުދާސްތުވަނީ. ނަޝީދަށް މިހާރު އައިބުވާނެ އޭނަގެ ނަމުގެ ކުރިއަށް ރައީސް ނުލާ ކިޔައިފިއްޔާ. މަ ހިއެއް ނުކުރަން ނަޝީދު އަމިއްލައަށް ރަސްކަލަކަށް ބަދަލުވެދާނެ ކަމަކަށް.'' މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ކުރިން މެދު ޒިޔާރަތް ހުރަސްކުރާއިރު ހަމްދު އަޅަންޖެހޭ ކަމަށާއި, ނަމަވެސް އެއީ ކީއްވެކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ހަމަ އެ ގޮތަށް އެމްޑީޕީގެ ކަމެއްގައިވިއްޔާ އިސްވެ ހުންނަންޖެހެނީ ނަޝީދު ރުހޭ މީހެއް ކަމަށާއި, އެ މީހަކާއި  ދެކޮޅަށް އެއްޗެއް ބުނެފިނަމަ އޭނަ ލާރިދީފައި ތިބޭ ބަޔަކު ހީވަނީ އެހެންފަދަކަމެއްހެން ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ނަޝީދު ހުންނެވީ ވެރިކަމާހެދި މޮޔަފުޅުވެފައިކަމެއް ހުދު ނަޝީދަކަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. 

90%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް