އެމްޕީއެލް އިން ބުނީ، އެ ކުންފުނިން ހުޅުމާލޭގެ އިންޓަނޭޝަނަލް ޓާމިނަލްގެ ކޮންޓެއިނާ ސްޓޯރޭޖް ބޮޑުކުރުމަށް ބޭނުންވާ ބިމެއް ކުއްޔަށް ނެގުމުގެ އެއްބަސްވުމުގައި އެޗްޑީސީއާއެކު ބުދަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޕޯޓާ އިންވެގެން އޮންނަ ބިން ލިބި، މިހާރު އެ ކުންފުންޏަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެނައުމަށް އެ ސަރަހައްދުގައި ހުސް ކޮންޓެއިނާ ޖެހޭނެ ކަމަށެވެ.
މީގެއިތުރުން އެމްޕީއެލް އިން ބުނީ، މި ބިމާއެކު ކެޕޭސިޓީ އިތުރުވެ، "އޮޕަރޭޝަން ކެޕޭސިޓީ" ރަނގަޅުވެގެންދާނެ ކަމަށެވެ.
އެމްޕީއެލް އިން ހުޅުމާލެއިން ކުއްޔަށް ނެގި ބިމުގެ ސައިޒު 120،000 އަށް ވުރެ ބޮޑުވުމުގެ އިތުރުން އެ ބިމުގައި 2،000 ކޮންޓެއިނާ ސްޓޯ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.