ފޮރިން މިނިސްޓްރީން ބުނީ، ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ޑރ. އެސް ޖައިޝަންކަރު އައްޑޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިރޭ 7:15 ގައި ކަމަށެވެ.
އިންޑިއާގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގައި ރާއްޖެ އާއި އިންޑިއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރެވުމުގެ އިތުރުން، އާ ދެ އެމްއޯޔޫއެއްގައި ދެ ގައުމު ދެމެދުގައި ސޮއިކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން ފޮރިން މިނިސްޓްރީން ބުނީ، އައްޑޫ ސިޓީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު އިންޑިއާގެ ހާރިޖީ ވަޒީރު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އައްޑޫގައި ގާއިމްކުރި ޕޮލިސް އެކަޑަމީ ހުޅުވުމާއި، އައްޑޫގައި އިންޑިއާގެ އެހީގައި ހިންގި ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ވެސް އިންޑިއާގެ ހާރިޖީ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅު:
މި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ޑރ. އެސް ޖައިޝަންކަރު އައްޑޫ އިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
މިއީ ޑރ. އެސް ޖައިޝަންކަރު 2019 ވަނަ އަހަރު އިންޑިއާގެ ހާރިޖީ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ތިން ވަނަ ދަތުރުފުޅެވެ. އަދި މިއީ އެހެން ގައުމަކާއިއެކު ރަސްމީ ވާހަކަތައް މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ ފަހަރެެވެ.