ads
މި މުބާރާތުގައި އޮންނާނީ ބަލައިގެން ކިޔެވުމުގެ ބައި އެކަނި
ރޯދަމަހަށް ހާއްސަ "އިލްމީ ނޫރު" ޤްރުއާން މުބާރާތް ސީއެންއެމް ޓީވީއަށް!
"އިލްމީ ނޫރު" ގެ ނަމުގައި މުޅި ރާއްޖޭގެ ހުރިހާ އުމުރު ފުރައަކަށް އަމާޒުކޮށްގެން "ޓްރޮޕިކަލް ވޭވްސް" ގެ ފަރާތުން ކުލަބް ހައުސްގައި ބާއްވާ ޤްރުއާން މުބާރާތް "ސީއެންއެމް ޓީވީ" އިން މި ރޯދަ މަހު ދައްކަން ނިންމައިފި އެވެ.

"ޓްރޮޕިކަލް ވޭވް" އިން މިއަދު ބުނީ މި މުބާރާތުގަައި އާންމުކޮށް ހުރިހާ އުމުރު ފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭނެ ކަމަށެވެ. އެގޮތުން 10 އަހަރުން ދަށް، 18 އަހަރުން ދަށާއި 18 އަހަރުން މަތީގެ އުމުރުފުރައަށް މި މުބާރާތް ވަނީ ހާއްސަކޮށްފައެވެ.  

ނަން ނޯޓު ކުރުން ކުރިއަށް ދަނީ "ޓްރިޕިކަލް ވޭވް" ގެ ކްލައުބްހައުސް ގައި ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 17:30އަށް އަދި ރޭގަނޑު 08:30 އިން 21:30 އަށެވެ. މި މުބާރާތުގައި މިހާތަނަށް 70 އަށްވުރެ ގިނަ ބައިވެރިން ނަންނޯޓު ކޮށްފައިވާއިރު، މުބާރާތުގައި ނަން ނޯޓު ކުރުމުގެ ފުރުސަތު މާދަމަރޭ 21:30 އަށް ހަމަވާނެއެވެ. 

މި މުބާރަތް ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ހުކުރު ދުވަހަކު ސީއެންއެމް ޓީވީން ނެވެ. ސީއެންއެމް ޓީވީން ދެއްކުމަށް ހަމަޖެހިފައިވަނީ 10 އަހަރުން ދަށުގެ އުމުރު ފުރައިގެ ބައިވެރިންގެ ކިޔެވުންތަކެވެ.  

your imageފޮޓޯ: ޓްރޮޕިކަލް ވޭވް

މުބާރާތުގައި ޖަޖުންގެ ގޮތުގައި ތިއްބަވާނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ބޭފުޅުންނެވެ. މުބާރާތުގެ ވަނަ ވަނަ އަށް ދާ މީހުންނަށް ހަނދަނީ ފިލައާއި، ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. 

މުބާރާތުގެ އޮޑިޝަންތައް މިހާރު ފަށާފައިވާއިރު، އޮޑިޝަންތައް ނިންމާލާނީ މިމަހު 30 ވަނަ ދުވަހުއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް