ads
ދުނިޔޭގެ އެންމެ ބޮޑު ފޭސް މާސްކްގައި ހުންނަނީ ކިހާވަރެއްކަން އެނގޭތަ؟
ތައިވާންގެ މެޑިކަލް ސަޕްލައި ކުންފުންޏަކުން އެންމެ ބޮޑު ސާޖިކަލް މާސްކް އުފައްދައިގެން ގުއިނެސް ވޯލްޑް ރިކޯޑް އިން ޖާގަ ހޯދައިފި އެވެ. މި މާސްކްގެ ދިގު މިނުގައި 27 ފޫޓް ތިން އިންޗި ހުރި އިރު ފުޅާ މިނުގައި 15 ފޫޓާއި 9 އިންޗް ހުއްޓެވެ.

މޮޓެކްސް ހެލްތުކެއާ ކޯޕަރޭޝަނުން ހުކުރު ދުވަހު މި ބޮޑު މާސްކު ދައްކާލައިފައިވަނީ މޮޓެކްސް މާސްކް ކްރިއޭޓިވް ހައުސް ގައި ޗަންގުއާ ކައުންޓީގެ ކޮމްޕެނީ އަކުން ބޭއްވި އެޑިއުކޭޝަނަލް ޓޫރިސްޓް އެޓްރެކްޝަނެއްގަ އެވެ.  

ގުއިނިސް ވޯލްޑް ރެކޯޑްސްގެ ފަނޑިޔާރަކު ލަންޑަނުގައި ހުރެ ވީޑިއޯ ޗެޓު މެދުވެރިކޮށް މި އިވެންޓުން ފެނިގެން ގޮސްފައިވެ އެވެ. އަދި އޭނާ ވަނީ މި މާސްކަކީ އާދައިގެ މާސްކަަކަށް ވުރެ 50 ގުނަ ބޮޑު މާސްކެއް ކަމާއި، އަދި އެންމެ ބޮޑު ސާޖިކަލް މާސްކްގެ ރެކޯޑް ހޯދައިފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ.  

ކުންފުނީގެ އޮފިޝަލުން ވިދާޅުވާގޮތުގައި ރެކޯޑް ބްރޭކިން މާސްކެއް ތައްޔާރުކުރުމުގެ ވިސްނުން އައީ 2020 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. އެއީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ފޭސް މާސްކުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރު ކުރުމުގެ ވަސީލަތެއްގެ ގޮތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް