ތަރުކާރީ އާއި މޭވާ އަދި ފަލަމަޑީގެ ބާވަތްތަކާއި، ކަނޑު މަހާއި ފަރުމަސް ގަންނަން ގިނަބަޔަކު، ބާޒާރު މައްޗަށް އެއްވަމުން ދާއިރު، އެސަރަހައްދު ވަނީ ހަލަބޮލި ވެފައެވެ.
ފާއިތުވެދިޔަ ދުވަސް ތަކުގައި މާރުކޭޓްގެ އަގުތައް ހުރި މިންވަރާ އަޅާބަލާއިރު މިއަދުގެ އަގުތަކުން މާބޮޑު ތަފާތެއް ފާހަގަ ކުރެވިފައެއް ނުވެއެވެ. ނަމަވެސް ބައެއް ބާވަތްތަކުގެ އަގު، އުފުލިފައިވާކަން ވަނީ ފާހަގަ ކުރެވި ފައެވެ.
މީގެ ދިހަ ވަރަކަށް ދުވަސް ކުރިން ލުނބޯގެ އަގު ވަނީ މައްޗަށް ޖެހިފައެވެ. އާންމުކޮށް ލުނބޯ ކިލޯއެއް 70 ރުފިޔާއި 80 ރުފިޔާ ދެމެދު ކުރިން ލިބެން ހުރިއިރު، މިހާރު ބައެއް ވިޔަފާރި ވެރިން ލުނބޯ ކިލޯއެއް ވިއްކަމުން އަންނަނީ 100 ރުފިޔާއިން މަތީގައިކަން ފާހަގަ ކޮށްލެވެއެވެ. އަދި ބައެއް ތަންތަނުގައި ލުނބޯ ކިލޯއެއް ވިއްކަމުން އަންނަނީ 150 ރުފިޔާއަށެވެ.
ރޯދަޔާ ދިމާކޮށް ލޯކަލް މާރުކޭޓުން އަބަދުވެސް އެންމެ ހިނގާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ، ކަރާގެ ކިލޯއެއް ލިބެން ހުރީ 25 ރުފިޔާއަށެވެ. ކަނޑޫދޫ މިރުސް ކިލޯއެއް ރޯދަ މަސް ފެށުމުގެ ކުރިން ހުރީ 200 ރުފިޔާއާއި، 300 ރުފިޔާއާއި ދެމެދުއެވެ. އެހެން ނަމަވެސް މިހާރު މިރުސް ކިލޯއެއް ލިބެނީ 580 ރުފިޔާއާއި، 680 ރުފިޔާ ދެމެދުގެ އަގެއްގަ ކަމަށްވެސް ވިޔަފާރިވެރިން ބުނެއެވެ.
މަސް މާރުކޭޓުގެ އަގުތަކަށް ބާލާއިރު، ތާޒާ ކަޅުބިލަމަސް ކިލޯއެއް 55 ރުފިޔާއަށް ލިބެން ހުރިއިރު، ކަންނެލި ކިލޯއެއް ލިބެން ހުރީ 75 ރުފިޔާއަށެވެ. މީގެ އިތުރުން ރަތްމަސް
މަސް މާރުކޭޓުގައި ތާޒާ ކަޅުބިލަމަސް ކިލޯއެއް ލިބެން ހުރީ 55 ރުފިޔާއަށް ކަމަށާއި، ތާޒާ ކަންނެލި ކިލޯއެއް ހުރީ ހުރީ 75 ރުފިޔާއަށެވެ. އަދި ފަރުމަހުގެ އަގުތައްކަށް ބަލާއިރުގަ، ހަ ކިލޯގެ ރަތްމަހެއް އުޅެނީ 300 ރުފިޔާ އަށެވެ. އަދި ހެޔޮ ވަރު އަގުގެ ފިލޮޅެއް 100 ރުފިޔާ އަށް ލިބެން ހުރި އިރު، ގިނިމަހެއް ލިބެން ހުރީ 50 ރުފިޔާ އަށެވެ.
ފަތްޕިލާވެލީގެ ބާވަތްތަކުގެ އަގުތަކަށް ބަލާއިރު، ކުއްޅަފިލާފަތް ބޮނޑިއެއް ލިބެން ހުރީ 10 ރުފިޔާއަށެވެ. މީގެ އިތުރުން ކޮޕީފަތް ބޮނޑިއެއް 10 ރުފިޔާއަށް ލިބެން ހުރިއިރު، ލެޓިއުސް ބޮނޑިއެއްވެސް ރުފިޔާއަށް ލިބެން އެބަހުއްޓެވެ.
އަލުވި ކިލޯއެއް 18 ރުފިޔާއަށް ލިބެން ހުރި އިރު، ބިސް ލިބެން ހުރީ ދެ ރުފިޔާ އަށެވެ. އަދި ފިޔާކިލޯއެއް ލިބެން ހުރީ 20 ރުފިޔާ އަށެވެ.