ads
ސްރީލަންކާގައި ވަނީ ކާފިއު އިއުލާނު ކޮށް ސޯޝަލް މީޑިޔާއަށް ވަނުން ހުއްޓުވާފައި
ލަންކާގައި ކާފިއު އިއުލާނުކޮށް ސޯޝަލް މީޑިއާއަށް ވަނުން ހުއްޓުވައިފި
ކާނާ އާއި ތެލުގެ ދަތިކަމުގެ ސަބަބުން ބޭއްވި މުޒާހަރާ ތަކާ ގުޅިގެން ސްރީލަންކާގައި އިތުރު 36 ގަޑިއިރަށް ކާފިއު އިއުލާނުކޮށް ސޯޝާލް މީޑިޔާ ޕްލެޓް ފޯމްތަކަށް ވަނުން ހުއްޓުވައިފިއެވެ.

ސަރުކާރުގެ ރަސްމީ ހުއްދައެއް އޮވެގެން މެނުވީ މަގުތަކާއި ޕާކްތަކާއި ޓްރެއިންތަކުގައި އުޅުމަކީ މަނާކަމެއްކަމަށް ސްރީލަންކާގެ ރައީސް ގޮޓާބަޔާ ރާޖަ ޕަކްޝާ ވަނީ އިއުލާނު ކުރައްވާފައެވެ. 

ކާފިއު އިއުލާނު ކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. 

ބްލޮކްކޮށްފައިވާ ސޯޝަލްމީޑިޔާ ޕްލެޓްފޯމް ތަކުގެ ތެރޭފައި އިންސްޓަގްރާމް، ފޭސްބޫކް، އަދި ޓުވިޓާ ހިމެނެ އެވެ. އަދި ވަޓްސްއެޕް ވެސް ވަނީ ބޭނުން ނުކުރެވޭ ގޮތަށް ހަދާފައެވެ. 

ފޯނަށް އަންނަ މެސެޖްތަކުގައި ބުނަނީ އެ ޕްލެޓްފޯމްތައް ބަންދުކޮށްފައިވަނީ އެގައުމުގެ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓްރީ ކޮމިޝަނުން އަންގައިގެން ކަމަށެވެ. 

ސަރުކާރުން މިފިޔަވަޅު އަޅާފައި މިވަނީ އެގައުމުގައި ބޭއްވި މުޒާހަރާތަކުގައި ރައީސްގެ އަމިއްލަ ގެކޮޅު ކައިރީގައި ވެހިކަލެއް ރޯކޮށްލާފައިވާތީ އެފަދަ މުޒާހަރާއެއް ދެން ބޭއްވިޔަ ނުދިނުމަށްޓަކައެވެ. 

ސްރީ ލަންކާގެ ސިފައި ވަނީ މަގުތަކަށް ނެރެފަ އެވެ. އަދި އެއްވެސް އިންޒާރު ދިނުމަކާ ނުލައި މީހުން ހައްޔަރު ކުރުމުގެ ބާރު ސިފައިންނަށް ވަނީ ދީފަ އެވެ. 

ލަންކާ، އިގްތިސާދީ ކާރިސާއަކާ ކުރިމަތިލައިފައި މިވަނީ އެގައުމުން ގަންނަ ތެލަށް ދައްކަން ޖެހޭ ބޭރު ފައިސާ ނުލިބި ތާށިވުމާ ގުޅިގެންނެވެ. އެކަމުގެ ސަބަބުން ތެލުގެ އިތުރުން ކާބޯތަކެއްޗާއި، ބޭސް ވެސް އެކަށީގެންވާ މިންވަރަށް އެގައުމަށް އެތެރެއެއް ނުކުރެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް