ads
އަފްޣާނިސްތާނުގައި އޯޕިއަމް އުފެއްދުން ވަނީ މަނާކޮށްފައި
އަފްޣާނިސްތާނުގައި އޯޕިއަމް އުފެއްދުން ތާލިބާނުން މަނާކޮށްފި
ދުނިޔޭގެ އެންމެ ބޮޑު އޮޕިއަމް އުފައްދާ ގައުމުކަމަށްވާ އަފްޣާނިސްތާނުގައި އޮޕިއަމް ޕޮޕީ ހިމެނޭ ގޮތަށް މަސްތުވާތަކެތީގެ ދަނޑުވެރިކަން ކުރުން މަނާކޮށްފިއެވެ. ދުނިޔޭގައި އުފައްދާ އޯޕިއަމްގެ 85 އިންސައްތަ އުފައްދަނީ އަފްޣާނިސްތާނުގައެވެ.

ވެރިކަންކުރާ އިސްލާމީ ޖަމާއަތުގެ އެންމެ މަތީ ލީޑަރު ހައިބަތުالله އަޚުންދްޒާދާ އާދީއްތަ ދުވަހު ނެރުއްވި ގަރާރެއްގައި ވަނީ، އެހެން ހުރިހާ ޑްރަގެއް އުފެއްދުމާއި، ބޭނުންކުރުމާއި، ސްޓޮކްކުރުމާއި، ވިޔަފާރިކުރުމާއި، އެކްސްޕޯޓްކުރުމާއި، އެތެރެކުރުންވެސް މަނާކޮށްފައެވެ.

ކާބުލްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ތާލިބާނުންގެ ދާޚިލީ ވުޒާރާއިން އާންމުކުރި އަމުރުގައި ބުނެފައިވަނީ، މި ގަރާރާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، ވަގުތުން ގޮވާން ނައްތާލައި، ގަވައިދާ ހިލާފުވާ މީހާއާ މެދު ޝަރީއަތާ، ގާނޫނާ އެއްގޮތަށް އަމަލު ކުރާނެ ކަމަށެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ބޭރުގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުގެ ދުވަސްތަކެއް ކުރިން، އެ ޖަމާއަތުން ވަނީ މިހާރު އުވާލާފައިވާ ހުޅަނގުގެ މަދަދު ލިބޭ ސަރުކާރުގެ އަތުން ބާރުތައް އަތުލާފައެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް (ޔޫއެންއޯޑީސީ) އިން މިދިޔަ ނޮވެމްބަރު މަހު ނެރުނު ރިޕޯޓެއްގައި ވާގޮތުން 2021 ވަނަ އަހަރު އަފްޣާނިސްތާނުގައި އޮޕިއަމް ގޮވާމުގެ މިންވަރު ވަނީ 2020ވަނަ އަހަރާ އަޅާބަލާއިރު 8 އިންސައްތަ އިތުރުވެ، 6،800 ޓަނަށް އިތުރުވެފަ އެވެ.

މި ރިޕޯޓުގައި ވާގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބާޒާރުތަކަށް ބާރު ބޮޑުވެ، 320 ޓަނުގެ ސާފު ހެރޮއިން އެ ގައުމުން ޓްރެފިކް ކޮށްފައި ހުރެދާނެއެވެ.

ޔޫއެންއޯޑީސީގެ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ އޮޕިއޭޓްސްއިން ލިބުނު އާމްދަނީ 1.8- 2.7 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަފްޣާނިސްތާނުގެ އެތެރޭގައި ހުރި ނަމަވެސް، އެގައުމުން ބޭރުގައި ހިންގާ މަސްތުވާތަކެތީގެ ސަޕްލައި ޗެއިންތަކުން ބޮޑެތި ފައިދާތަކެއް ދަނީ ކުރަމުންނެވެ.

27%
ކަމުގޮސްފި
45%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް