ads
ޑރ.އެނީ (އާމިނާ) ކޮންސަލްޓެންޓް،ފިޒީޝަން، ނިއުރޮލޮޖިސްޓް -72އ/ ލަންޑަން
އަހަރެން އިސްލާމްވީ ކީއްވެ؟
އަހަންނަކީ އިނގިރޭސި ވިލާތައް ނިސްބތްވާ މީހަކީމެވެ. އަހަރެން ތަރުބިއްޔަތު ވެފައިވަނީ އެމެރިކާއާއި، މިސްރުގައެވެ. އޭގެފަހުން އަހަރެން ދިޔައީ އިނގިރޭސިވިލާތުގެ ބޯޑިން ސްކޫލަކަށެވެ. އަދި އެއަށްފަހު ލަންޑަނާއި އެމެރިކާގައި މެޑިކަލް ޓްރެއިނިން ހަދަން ފެށީމެވެ. އަހަރެން ދެކައިވެންޏެއް ކޮށްފީމެވެ. އަދި ދެ ދޮންދަރީންނާއި، ފަސް މާމަ ދޮންދަރީން ތިބެއެވެ.

އަހަރެން އިސްލާމަކަށް ބަދަލުވީ މީގެ 21 އަހަރު ކުރިންނެވެ. އެއީ ކެތަލިކް ދީނަށް ވުރެ ރޫޙާނީ ގޮތުން ވަރުގަދަ ދީނެއް ހޯދުމުގެ ބޭނުމުގައެވެ. އެންމެ ފުރަތަމަ އަހަރެން އިސްލާމް ދީނާ މެދު ނުވިސްނަމެވެ. ސަބަބަކީ މީސް މީޑިޔާގައި މުސްލިމުންނާމެދު އޮންނަ ދެކޮޅުވެރިކަމުގެ ސަބަބަުންނެވެ. މުސްލިމަކަށް ބަދަލުވުމުގެ މަރުހަލާ މަޑުމަޑުން ކުރިއަށް ދިޔައެވެ. އަދި އެންމެ ފަހުން އޮމާންގެ މިހާރުގެ ސުލްތާންގެ މަންމާފުޅުއަހަންނަށް މިކަމުގައި މިސާލު ދެއްކެވިއެވެ. އެއީ އަހަރެން ބަލަހައްޓަމުންދާ ބަލިމީހެކެވެ. އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ވަމުން އައެވެ. 

އަހަރެންގެ އާއިލާ އަށް ފުރަތަމަ ލިބުނީ ހައިރާން ކަމެކެވެ. އެހެންނަމަވެސް އަހަރެން ބަދަލުވި ބަދަލުވުން ގަބޫލު ކުރިއެވެ. ނަމަވެސް 9/11 އަށް ފަހު އަހަރެންގެ ފަހަރިއާ އޮތް ގުޅުން ބަދަލުވެ، އެ މީހުންގެ އަހަރެންނަށް މަރުހަބާއެއް ނުކިޔައެވެ. އަހަރެން އިސްލާމްދީން ގަބޫލު ކުރުމުގެ ސަބަބުން އަހަންނަށް ރަހްމަތްތެރީން ލިބުނެވެ. ހަމައެހެންމެ އަހަރެންގެ ވަރަށް ގާތް ރަހްމަތްތެރީންތަކެއްވެސް ގެއްލުނެވެ.

އަހަރެން އިސްލާމްދީން ގަބޫލުކުރުމުން އިމާމު މީހާ އަހަންނަށް އެންގީ ފޭރާން ލުމުގައި ލަދުވެތިވާން ޖެހޭނެކަމަށެވެ.

ރަމަޟާން މަހު އަހަރެން ބަލިމީހުން ގާތު އަހރެން ބުނީ މިސްކިތުން އަހަރެން އެނބުރި އަންނައިރު އަހަރެން ހުންނާނީ ތަންކޮޅެއް ތަފާތުކޮށް ކަމަށެވެ. އަހަރެން ހީކުރި ގޮތާ ހިލާފަށް އެމީހުން އަހަންނަށް މަރުހަބާކީ އުފަލާއެކުއެވެ. 

އަހަރެން ތަފާތު އިސްލާމީ ޖަމާއަތްތަކާ ގުޅެން މަސައްކަތް ކުރީމެވެ. ތުރުކީ، ޕާކިސްތާން، މޮރޮކޯ ފަދަ ގައުމުތަކުގައެވެ. ތިންއަހަރުވަންދެން އަހަރެން މޮރޮކޯގެ މިސްކިތަކަށް ދިޔައީމެވެ. އެއްވެސް މީހަކު އަހަންނަށް "އީދު މުބާރަކް" ނުކިޔައެވެ. އަހަންނަށް ކެންސަރު ޖެހުމުންވެސް އެއްވެސް މީހަކު އަޅައެއް ނުލައެވެ. އެންމެ މީހެއް ފިޔަވައެވެ. އެއީ ވަރަށް މުސްކުޅި އަޅުވެރިއެކެވެ. ނުވަ މަސް ވަންދެން ކެންސަރުގެ ވޭނުގައި އުޅުނީމެވެ. 

އެހެންނަމަވެސް މިފަދަ ކަންކަމަކީ އަހަރެންނަށް ލިބޭ ރޫހާނީ ހިތްހަމަޖެހުމާއި، ސިކުނޑީގެ އަރާމާއި ، އެކަލާންގެ އަށް ކުއްތަން ވުމުން ލިބޭ އުފަލާ އަޅާބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ. އެންމެފަހުން އަހަންނަށް އަހަރެންގެ މުސްލިމް ޖަމާއަތް ފެނިއްޖެއެވެ. އެފްރިކާއިންނެވެ.

ކޮންމެއަހަރަކުވެސް އެތައްބަޔަކު ލަންޑަނަށް ހިޖްރަކުރެއެވެ. އެމީހުންގެ އައިޑެންޓިޓީ ގުޅިފައިވަނީ މިސްކިތާއެވެ. އެތަނުން ދޮންމީހުން ފެންނާކަށް ކޮންމެހެން އެމީހުން ބޭނުމެއް ނޫނެވެ. އެކަމަކު އަހަރެންފަދަ މީހުންނަކީ ނަސީބުވެރިންނެވެ. އަދި އަހަރެމެންކަހަލަ ދޮންމީހުން މިސްކިތަތަކުން ފެނުމުން ހައިރާންކަން ވެރިނުވާ ދުވަހެއްވެސް ދައްކަވާނެއެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް