ads
ޖަޕާނުން ކެރެންޓީން ކުރި ކްރޫޒް ލައިނާ-- ފޮޓޯ: ގެޓީ އިމޭޖަޒް
ޖަޕާނުން ކެރެންޓީން ކުރި ކްރޫޒް ލައިނާގައި ތިބި 10 މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް!
ޖަޕާނުން ކެރެންޓީނު ކުރި ކްރޫޒް ލައިނާގައި ތިބި މީހުންގެ ތެރެއިން 10 މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

ޑަޔަމަންޑް ޕްރިންސެސް ކްރޫޒް ލައިނާ ބަނދަރުކޮށްފައި އޮތީ ޔޮކޯހާމާ ގައެވެ. އޭގައި ތިބި 3،700 މީހުންގެ ތެރެއިން 300 މީހުން މިހާތަނަށް ވަނީ އެ ވައިރަހަށް ޓެސްޓުކޮށްފަ އެވެ. 

އިތުރު މީހުންގެ ޓެސްޓުތައް ހަދަމުންދާ ވަރަކަށް ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެ ބޯޓު ކެރެންޓީން ކުރީ އޭގައި ހުރި 80 އަހަރުގެ ހޮންކޮން މީހަކު ބަލިވުމުންނެވެ. 

އޭގައި ތިބި މީހުންގެ ޓެސްޓުތައް ހެދިއިރު ޕޮޒިޓިވްވި ކަމަށް ދެއްކި މީހުންނަށް ފަރުވާ ކުރުމަށް ވަނީ ބޯޓުން ބާލުވައިގެން ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ގެންގޮސްފަ އެވެ.

ޗައިނާގައި އެކަނިވެސް 24،300 މީހުން މިހާތަނަށް މި ވައިރަހަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 490 މީހުން ވަނީ މަރުވެފަ އެވެ. 

އެހެން ގައުމުތަކުގައި މި ބަލި ޖެހިފައި ވަނީ މަދު ބަޔަކަށެވެ. އަދި ޗައިނާއިން ބޭރުން މަރުވެފައި ވަނީ ދެ މީހުންނެވެ. އެއީ ހޮންކޮން އަދި ފިލިޕީންސް ގައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް