ads
ކްރިސްޓިއަން ބެކަ، 47، ޓީވީ ޕްރެޒެންޓަރެއް
އަހަރެން އިސްލާމްވީ ކީއްވެ؟
އަހަރެން ޖަރުމަނުވިލާތުގައި އުޅެ ބޮޑުވީ އިސާއީ ދީނުގެ ވަރަށް ދީންވެރި އާއިލާއެއްގަ އެވެ. އަހަރެން 1989 ވަނަ އަހަރު ލަންޑަނަށް ދިރިއުޅުން ބަދަލުކުރީ އެމްޓީވީ ޔޫރަޕްގައި ޕްރެޒެންޓް ކުރުމަށެވެ. ބޮބް ގެލްޑޯފް އާއި ޑޭވިޑް ބޯއީ މެންފަދަ މީހުން އަހަރެން އިންޓަވިއު ކުރީމެވެ. އެންމެން ނާ އިންޓަވިއު ކޮށް ވަރަށް ބުރަކޮށް މަސައްކަތްކުރީމެވެ. އަދި ގަދައަށް ޕާޓީވެސް ކުރީމެވެ.

އެކަމަކު އަހްނަށް ކޮންމެވެސް އެއްޗެއް ގެއްލިގެން އުޅޭ ކަމުގެ އިހްސާސް ކުރެވުނެވެ. މި ނާޒުކު ދަނޑިވަޅުގައި އަހަރެންނަށް ތައާރަފްވީ ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން އެވެ. އިސްލާމް ދީނާ ބެހޭ ފޮތްތައް އަހަންނަށް މައުލޫމާތު ދީ، ޕާކިސްތާނު މަގުން އޭނާއާ އެކު ދަތުރުކުރުމަށް ދައުވަތު ދިނެވެ. އެ ދަތުރުތަކުގެ ސަބަބުން އަހަރެންގެ ހަޔާތުގައި އާ ސަފްހާއެއް ހުޅުވިގެން ދިޔައެވެ.  ރޫހާނީ ހޭލުންތެރިކަމެއް ލިބުނެވެ. އަހަންނާ ބައްދަލުވި މުސްލިމުން، އެބައިމީހުންގެ ދީލަތިކަމާއި، ޢިއްޒަތާއި، އެހެން މީހުންނަށްޓަކައި ޤުރުބާންވާން ތައްޔާރަށް ތިބި މިންވަރުން އަހަންނަށް ވަރަށް ފުންކޮށް އިޙްސާސް ކުރެވުނެވެ.  ފޮތް ކިއުން އިތުރު ކުރި ވަރަކަށް އަސްލާމް ދީނާ މެދު އަހަރެން ޝައުގުވެރިކަން އިތުރުވަމުން ދިޔައެވެ. އަހަރެން އިސްލާމްވީ 1995 ވަނަ އަހަރުއެވެ. 

ޖަރުމަނުގެ މީޑިއާއަށް އެކަން އެނގުމުން ނެގެޓިވް ޕްރެސް ކެމްޕެއިނެއް ކުރިއަށް ގެންދިޔައެވެ.އަދި މާ ގިނަ ދުވަހެއް ނުވެ، އަހަރެންގެ ކޮންޓްރެކްޓް އުވާލިއެވެ.   އެއީ އަހަރެންގެ މުނިފޫހިފިލުވުމުގެ ކެރިއަރުގެ ނިމުމެވެ. އަހަރެންނަށް ފެނުނު އާ ވެލިއުސްތަކާ އެއްގޮތަށް އަހަރެންގެ ޓީވީގެ މަސައްކަތް ބަދަލުކުރުމަކީ ގޮންޖެހުމަކަށް ވީ ނަމަވެސް އަހަރެން އުއްމީދު ކަނޑައެއް ނުލަމެވެ. އަހަރެން ދެން މަސައްކަތް ފެށީ މުސްލިމް ސަގާފަތާއި ލައިފްސްޓައިލް ޝޯއެއްގެ މ،ަސައްކަތެވެ. އަހަންނަށް އިޙްސާސް ކުރެވުނީ މުސްލިމް ހެރިޓޭޖް ކޮމިއުނިޓީއާއި މުޅި މުޖްތަމަޢާ ދެމެދު ގުޅުވައިދިނުމުގެ ދައުރެއް އަހަންނަށް އެބައޮތް ކަމެވެ. 

ގިނަ މުސްލިމުން ޒުވާން އުމުރުގައި ކައިވެނިކުރަނީ، ގިނަ ފަހަރަށް އާއިލާގެ އެހީގައއެވެ. އެހެންނަމަވެސް އަހަރެން އިސްލާމްވީ އުމުރުން 30 އަހަރުގައެވެ. އޭގެ 10 އަހަރު ފަހުންވެސް އަހަރެން ސިންގަލްކޮށް ހުރުމަށްފަހު، އަހަރެން ނިންމީ އޮންލައިންކޮށް ބައިވެރިއަކު ހޯދާށެވެ. އޮންލައިންކޮށް އަހަރެންނާ ބައްދަލުވެ ލޯބިވެވުނީ އެމެރިކާގައި ދިރިއުޅެމުން ދިޔަ މޮރޮކޯގެ މުސްލިމް ޓީވީ ޕްރޮޑިއުސަރަކާ އެވެ. އަހަރުމެން ދެ މީހުންގެ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރުމާއެކު 2006 ވަނަ އަހަރު ކައިވެނި ވެސް ކޮށްފީމެވެ. އެކަމަކު އިސްލާމް ދީނުގެ މާނަ އޭނާ މާނަކުރި ގޮތް ވެގެން ދިޔައީ އަހަރެން ކޮންޓްރޯލް ކުރާ މަގަކަށެވެ. ފިރިހެނުންނާ ވާހަކަ ދެއްކުން ހުއްޓާލަން ޖެހުނެވެ. ކުރީގެ ފޮޓޯތަކުން ވެސް ފިރިހެނުން ފެނިގެން ނުވެއެވެ. 

އޭނާ އަހަންކަށް ކިޔައިދިން ގިނަ ކަންކަމަކީ އިސްލާމީ ސަގާފަތުގެ ކަންކަމެވެ. އަދި އަހަރެން ބޭނުންވީ ކައިވެނި ކޮންމެހެންވެސް ކާމިޔާބު ކުރާށެވެ.  އިންޝާ الله އަހަރެންގެ މުސްތަޤުބަލުގެ ފިރިމީހާ އަހަންނަށް ބޭރުފުށުން މަނާކޮށްފައިވާ ކަންކަމަށްވުރެ މާބޮޑަށް އިސްލާމްދީނުގެ މާތްކަން މާ ވަރުގަދައެވެ. އަހަރެންގެ ދިރިއުޅުން ބަދަލު ކޮށްލުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް އަހަންނަށް ލިބިގެން ދިޔައެވެ. 

އަހަރެން އެއްވެސް ހިތާމައެއް ނުކުރަމެވެ. އަދި އަހަރެންގެ ހަޔާތުގައި މާނައެއްވެއެވެ. ކުރިން އިހްސާސް ކުރެވުނު ހުސްކަން، الله ގެ ހަޟްރަތުން ފުރިގެން ދިޔައެވެ. ދިރިއުޅުމުގައި މިހާރު ހުސްކަމެއް ނެތެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް