ads
ސިޓީގްރޫޕްގެ ލަންޑަން އޮފީސް-- ފޮޓޯ: ސްކައި ނިއުސް
ކެންޓީނުން ކާތަކެތި ވަގަށް ނަގާތީ އިނގިރޭސި ބޭންކެއްގެ އިސްވެރިޔަކު މަގާމުން ވަކިކޮށްފި
އިންވެސްޓްމެންޓް ބޭންކް ސިޓީގްރޫޕުގެ ކެންޓީނުން ކާތަކެތި ވަގަށް ނެގި އެ ބޭންކުގެ އިސް މުވައްޒަފަކު މަގާމުން ވަކިކޮށްފި އެވެ.

ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓު ކުރާ ގޮތުގައި ޕަރާސް ޝާހް ނަމަކަށް ކިޔާ އެ މުވައްޒަފަކީ އަހަރަކު މުސާރަ އާއި ބޯނަސްގެ ގޮތުގައި އެއް މިލިއަން ޕައުންޑް ލިބޭ މީހެކެވެ. 

ޔޫރޮޕް، އެފްރިކާ އަދި މެދުއިރުމަތީގެ ބޮންޑް ޓްރޭޑިން އިސްވެރިޔާގެ މަގާމުން އޭނާ ވަކިކުރީ މިދިޔަ މަހު އެވެ. އެ މައްސަލައާ ގުޅިގެން ސިޓީގްރޫޕުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 31 އަހަރުގެ ޝާހްގެ މައްސަލަ ފެންމަތިވުމުން، އޭނާ މަގާމުން ވަކި ކުރުމާ ހަމައަށް ހުރީ ސަސްޕެންޑްކޮށްފަ އެވެ. 

އޭނާ ސޭންޑްވިޗް ވަގަށް ނަގާފައި ވަނީ ބޭންކުގެ ލަންޑަން މައި މަރުކަޒުގެ ކެންޓީނުންނެވެ. އޭނާ ވައްކަން ކުރީ ކިތައް ފަހަރު ކަމެއް ނުވަތަ ކިހާ މުއްދަތަކަށް ކަމެއް ސާފެއް ނުވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް