ads
ހުޅުމާލެ——
ހުޅުމާލޭގައި ލިފްޓެއް ވެއްޓި ހިނގި ހާދިސާއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި ހުރި މުދާ އުފުލުމަށް ބޭނުން ކުރާ ލިފްޓެއް ވެއްޓި ދެ މީހަކަށް އެކިވަރުގެ އަނިޔާ ވެއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ހަވީރު 17:00 ހާއިރު ހުޅުމާލޭގައި ހުރި ގުދަނެއްގައި ބޭނުން ކުރަމުންދިޔަ މުދާ އުފުލާ ލިފްޓެއް ވެއްޓި ދެ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމުގެ މައުލޫމާތު ފުލުހަށް ހުށައެޅި ކަމަށެވެ.

މި ހާދިސާގައި އަނިޔާވި ދެ މީހުންނަކީވެސް ބިދޭސީން ކަމަށާއި، އެ ދެ މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލަށް އެންމެ ފުރަތަމަ ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.  

މި ހާދިސާ އާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ ކޯޑިނޭޓަރު ހުސެއިން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ހަވީރު 16:30 ހާއިރު އެ ހޮސްޕިޓަލަށް ދެ ބިދޭސީއަކު ގެނެވުނު ކަމަށާއި، އެހެން ނަމަވެސް މިހާރު އެ ދެމީހުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ބަދަލުކޮށްފައި ވާކަމަށެވެ. 

މިކަމާއި ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. 

މި ހާދިސާގެ މައުލޫމާތު އެނގޭ މީހަކު "ސީއެންއެމް" އާއި ވާހަކަ ދައްކަމުން ބުނީ، ލިފްޓު ވެއްޓުނީ އޭގައި ހުރި ކޭބަލް ކަނޑައިގެން ދިއުމުން ކަމަށާއި، އޭގެ ތެރެއިން އެކަކަށް ވަރަށް ބޮޑަށް އަނިޔާވެފައި ވާކަމަށްވެސް އެމީހާ ބުންޏެވެ. 

މި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް