ads
ހިންމަފުށި ޖަލުގައި ގައިދީންތަކެއް މަސައްކަތް ކުރަނީ-
ހިންމަފުއްޓަށް ބޭނުންވަނީ ހޮސްޕިޓަލެއް: ކައުންސިލް
ކ. ހިންމަފުއްޓަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ހޮސްޕިޓަލެއްކަމަށް އެކައުންސިލުން ބުނެފި އެވެ.

ކައުންސިލް ރައީސް ހަސަން ފާއިޒް "ސީއެންއެމް" އަށް މިއަދު ވިދާޅުވީ އެ ރަށަށް މިހާރުން މިހާރަށް އެންމެ ބޮޑަށް ބޭނުންވަނީ ސިއްހީ ހިދްމަތް ރަނގަޅު ކުރުން ކަމަށެވެ. 

"އަޅުގަނޑުމެން މިއަދު ރައީސް އާ ބައްދަލު ކުރިން. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހުށަހަޅާފައިވާނީ ހޮސްޕިޓަލެއް ހެދުން" ފާއިޒު ވިދާޅުވިއެވެ.

ރައީސް ސޯލިހު ހިންމަފުށީ ކައުންސިލާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްގީއަށް ކުރިޔަށްގެންދާ އެކިއެކި މަޝްރޫއުތަކާ ގުޅޭގޮތުންނާއި ކައުންސިލާއި ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ދަތި މައްސަލަތަކާ ގުޅޭގޮތުން މިއަދު ވަނީ މަޝްވަރާ ކުރައްވާފައެވެ. 

މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ސިއްހީ ކަންކަމުގެ އިތުރުން ޕިކްނިކް އައިލެންޑެއްގެ މުހިންމުކަމާއި، ގިރާ ސަރަހައްދު ހިމާޔަތްކޮށް އެ ސަރަހައްދުގައި ބީޗެއް ތަރައްގީކުރަން ބޭނުންވާކަން ހިމެނެއެވެ. މީގެ އިތުރުން ކައުންސިލް އިދާރާގެ އާ އިމާރާތެއްގެ މުހިންމުކަމާއި އެކިއެކި ޖަލްސާ އަދި ހަރާކާތްތައް ބާއްވާނެ މަލްޓިޕާޕަސް ހޯލެއްގެ މުހިންމުކަމާއި އަދި ފުލުހުންގެ ހިދުމަތް ފުޅާކުރަން ބޭނުންވާކަމާއި ޒުވާނުންނަށް ޓާފް ދަނޑެއް ތަރައްގީކުރަން ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ސިއްހީ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ގެނެވެން ހުރި މުހިންމު ބަދަލުތައް ގެނެސްދެއްވާނެ ކަމުގައި ވިދާޅުވެފަ އެވެ. 

ދެހާހެއްހާ މީހުން އުޅެމުންއަންނަ ހިންމަފުއްޓަކީ ގެސްޓްހައުސް ވިޔަފާރީގެ އިތުރުން ކަންނެލީގެ މަސައްކަތް ކުރާ ރަށެކެވެ. އަދި އެރަށުގައި ހުންނަ ޖަލުގައިވެސް 250އެއްހާ ކުށްވެރީން އުޅެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް