ads
ވޭސްޓެޖަން ސްޕައިސަސް އެންޑް ސޯސަސް ބީ.ވީ ބުރޭންޑުގެ މިކްސް ހާބަލް
ޖަރާސީމުން ތަޣައްޔަރުވެފައިވާ ވޭސްޓެޖަންގެ ހާބަލް މިކްސް ވިއްކުން މަނާކޮށްފި
"ސެލްމޮނެއްލާ" އިން ތަޣައްޔަރުވެފައިވާ އުފެއްދުމެއް ކަމުގައިވާ "ވޭސްޓެޖަން ސްޕައިސަސް އެންޑް ސޯސަސް ބީ.ވީ" (Verstegen Sauces & Spices BV )ބްރޭންޑުގެ "ހާބަލް މިކްސް" ރާއްޖެއަށް އެތެރެވެފައިވާތީ އެ އުފެއްދުންތައް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފި އެވެ.

އެ ބާވަތްތައް ވިއްކުން މަނާކޮށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ އެބްރޭންޑުގެ "ހާބަލް މިކްސް" ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕިއަން ޔޫނިއަންގެ ރެޕިޑް އެލާޓް ސިސްޓަމް ފޮ ފުޑް އެންޑް ފީޑް(އާރްއޭއެސްއެފްއެފް) އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ. 

"ސެލްމޮނެއްލާ" އިން ތަޣައްޔަރުވެފައިވާ "ވޭސްޓެޖަން ސްޕައިސަސް އެންޑް ސޯސަސް ބީ.ވީ"ގެ ބްރޭންޑުގެ "ހާބަލް މިކްސް" މިއީ ނެދަލޭންޑްސްގެ އުފެއްދުމެކެވެ. އަދި މި އުފެއްދުން އެކްސްޕޯޓުކޮށްފައިވަނީ ނެދަލެންޑްސްގެ ކުންފުންޏެއްކަމުގައިވާ "V.B Food NL" އިންނެވެ. 

މިއެލާޓާއި ގުޅިގެން މިއުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ގެ މިންވަރު ދެނެގަތުމުގެ މަސައްކަތް އެއޮތޯރިޓީން ދަކުރަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބުރޭންޑުގެ އުފެއްދުންތައް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ. އަދި އެކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެއޮތޯރިޓީގެ ނަންބަރު ފޯނަށް 4063067 ގުޅުމަށް އެ އޮތޯރަޓީން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް