ads
މެމްބަރު އަލީ ހުސައިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ދައުލަތުގައި ހުސް ކުންފުނި!ދައުލަތް ހިންގުމަކީ ބޮޑުވިޔަފާރިއަކަށް ހަދައިފި: އަލީ ހުސައިން
ސަރުކާރުން ގިނަ އަދަދެއްގެ ކުންފުނިތައް ހަދައި ކުންފުނިތައް ހިންގުމަކީ ދައުލަތުން ހިންގާ ބޮޑު ވިޔަފާރިއަކަށް ހަދައިފި ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުންފުނިތަކާބެހޭ ބިލަށް ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ދައުލަތުގައި އޮތް ދާޅީހަކަށް ކުންފުނިން ވިޔަފާރި ހިންގުމުގެ ސަބަބުން ރައީސުލް ޖުމްހޫރިއަޔާ "ސުޕަ ސީއީއޯ" އަކަށް ވެފައިވާ ކަމަށެވެ. 

"ދިވެހިރާއްޖޭގެ އެންމެ މުހިއްމު ކުންފުނިތައް އެއްބަޔަކު ހިންގާ އެއްފަރާތަކީ ދިވެހި ދައުލަތް ނޫނީ ސަރުކާރު. އެހެންވީމާ ހަގީގަތުގައި މިވާ ގޮތަކީ ރައީސުލް ޖުމްހޫރިއްޔާ މިވަނީ ސުޕަ ސީއީއޯ އަކަށް. އެންމެ މުހިއްމު ކުންފުނިތަކުގެ ސީއީއޯއަކަށް މިވަނީ ރައީސުލް ޖުމްހޫރިއްޔާ.ސާޅީސް އެތައް ކުންފުންޏެއްގެ ވެރިޔާއަށް މިވަނީ ރައީސުލް ޖުމްހޫރިއްޔާ " އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ދައުލަތުން ގިނަ ކުންފުނިތަކެއް ހިންގުމުގެ އިތުރުން ދައުލަތުގެ މުހިއްމު މުއައްސަސާ ތަކުންވެސް ކުންފުނިތައް ހިންގަމުންދާ ކަމަށެވެ. އެގޮތުން  ސިފައިންގެތެރޭގައާއި ފުލުހުންގެ ތެރޭގައިވެސް ކުންފުނި ހުރިކަން އޭނާފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ މިހެން ވުމުގެ ސަބަބުން ސަރުކާރު ހިންގުމަކީ ބޮޑު ވިޔަފާރިއަކަށް ވެފައިވާ ކަމަށެވެ. 

ބިލަށް ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ ސަރުކާރުން ކުންފުނި އުފެއްދޭނެ ގޮތް ހަނި ކުރަން ޖެހޭ ކަމަށެވެ. 

"މިނިސްޓަރަކު ހަމަ ބޭނުންވީމާ ބޭނުންވާ ހިނދެއްގައި ކުންފުނި އުފެއްދިގެނެއް ނުވާނެ. އަދި ސަރުކާރުގެ ކުންފުންޏަކުން ހަމަ ބޭނުންވީމާ ބޭނުންވާއިރަކު ސަބްސިޑައިރީ ކުންފުނި އުއްފެއްދިގެންނުވާނެ." އަލީ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ކުންފުނިތަކުން ސަބްސިޑައިރީ ކުންފުނިތައް އުފައްދައިގެން އެމީހުްނނަށް ނުކުރެވޭނެ ކަންކަން ކުރަމުންދާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް