ads
އަނާ......
އެރޭ!
"އަނާ ރޮނީ ކީއްވެ" ސާޖަންޓް ސުހާލް އަހާލިއެވެ. "އަހަރެން ނުރޮން ކީއްވެ އަހަރެން ރޯންވީ" އެ ސުވާލުތަކުގެ ޖަވާބު އަނާ އަށް ދޭން އުނދަގޫ ވިއެވެ. އަނާ މުޅި ދުނިޔެއަށް އެކަން ސިއްރު ކުރަން ބޭނުން ވިޔަސް ހަގީގަތަކީ ދުނިޔެއަށް އެގި އެކަން ހާމަވާން އޮތް ކަމެވެ.

އަނާގެ ހަށިގަނޑު ގެ ގުނަވަން ތަކުގައި އަޅަމުން ދިޔަ ވޭނަށްވުރެ އެނާގެ ހިތަށް ކޮށްފައިވާ އަސަރު ބޮޑެވެ. ޕޮލިސްސްޓޭޝަނުގެ މައްސަލަބަލާ މޭޒުގެ ގޮނޑީގައި އިށީދެގެން އިން އިން އަނާ ދިޔައީ ރޮމުންނެވެ. ގިސްލަ ގިސްލާފައި ރޮމުންނެވެ.

އެވާހަކަތައް ނުދެއްކުނު ނަމައޭ އޭނާ ހިތަށް އެރިއެވެ. އެވާހަކަ ތައް ސިއްރު ކުރެވުނު ނަމައޭ އޭނާ ހިތައް އަރިއެވެ. ނަމަވެސް އެ ބިރުވެރި ކަމާއި އަނދިރި ވަގުތުން އަރައިގަންނަން އަނާ ބޭނުންވާތީ އެވާހަކަ ފިރިމީހާ އާއި ޝެއާ ކުރީ އެވެ.

"އަނާ އާދޭ ބަޔާންދޭން މިގޮނޑީގައި އިށީދޭ" އަނެއްކާ ވެސް ޕޮލިސް ސާޖަންޓް ސުހާލް ބުނެލިއެވެ. 

އަނާ އަށް އެހެން ގޮތެއް ނެތެވެ. ހިތުގައި އެވާހަކަތައް ފޮރުވާފައި ބެހެއްޓުނު ނަމައޭ އަނާ ހިތަށް މިހާރު ކިތަންމެ ފަހަރަކު އަރައެވެ. އެކަމަކު ވަގުތު ފާއިތު ވެއްޖެއެވެ. މަޖުބޫރު ހާލަތު ދިމާވި ވަގުތުގެ ވާހަކަ ތައް ކިޔައިދޭން ފެށިއެވެ. 

"އަހަރެން މާލެއައީ ބަލިވެ ޑޮކްޓަރަށް ދައްކަން. ފިރިމީހާ އަހަރެން ބެހެއްޓީ އޭނަގެ ކޮއްކޮގެ ގޭގައި. އެގޭގައި ފިރިމީހާގެ ކޮށްކޮ އަތީގު އާއި އެނާގެ އަންހެނުންނާއި ދެދަރިންވެސް ތިބޭ" އަނާ ވާހަތައް ކުރިއަށް ގެންދިޔައީ ހިފެހެއްޓުމެއް ނެތިއެވެ. 

"ތޮއްޖެހިފައިވާ މާލޭގައި އެއާއިލާވެސް ދިރި އުޅެމުން ދިޔައީ. އެހެން ނަމަވެސް މާލެގައި އަހަރެންވެސް ހުންނާނެ ތަނެއް ނުހުންނާނެތީ އަތީގު އަހަރެން އެގޭގައި ހުރެވޭނެ ކަމަށް ބުނީމަ ފިރިމީހާ އަހަރެން ބެހެއްޓީ" އަނާ އަށް އެހާހިސާބަށް ބުނެވުނު ތަނާ ލޮލުން ކަރުނަ ފޭދުނެވެ.

އެގެއަށް އަނާ ދިއުމާއެކު ގޭގެ އިންތިޒާމުތަކަށް ބަދަލު ގެނައެވެ. އަނާ ނިދީ އެ ކުޑަ ކޮޓަރީގައެވެ. އެނދުގައެވެ. އަތީގުއާއި އޭނާގެ އަންހެނުންގެ އިތުރުން ދަރީން ނިދަން ތިބީ އެކޮޓަރީގެ ޓައިލްސް މަތީގައެވެ. އަނާ އެގެއަށް ދިޔަ ފަހުން އަތީގު ނުފެނެއެވެ. އަނާ އެރަށަށް ދިޔައީ ހަފްތާ އަކަށެވެ. 

"ސުކޫލު ބަންދު ދުވަސްކޮޅަކަށް ވީމައި އަތީގު އަންހެނުން ފަހީމާ އާއި ތިން ދަރިން ޗުއްޓީ އަށް ތުލުސްދޫ އަށްދިޔަ. އެ މީހުން ތުލުސްދޫ އަށް ފުރިތާ ތިންވަނައަށްވީ ދުވަހު އަތީގު ގެއަށް އައި ގޮތަށް އެދުވަހު އެއްކޮށް ހުރީ ގޭގަ. އަތީގު އެއްވެސް ވަރަކަށް ވާހަކަ ދައްކާ ނޫޅޭ. ފަހީމާ ރަށުގައި ނެތުމުން އެދުވަހު ގޭގައި ކައްކާ ކަންތައް ކުރީވެސް އަހަރެން." އަނާ ކިޔައިދެމުން ދިޔައެވެ.

އިރު އޮއްސެމުން އައިވަގުތު އަނާ ނިދަން އެނދަށް އެރީ އޭނާގެ ފިރިމީހާ އަށް ގުޅައިގެން އޮވެއެވެ. ވާހަކަ ދެއްކުމަށްފަހު ނިދި އައިސް ލޯމެރެން ފެށުމުން ނިދީއެވެ. އޭރު ގަޑިން 11:45 ވީއެވެ. ނިދި ޖެހެމުން ދިޔަވަގުތު ކުރަތްޕެއް ކަހަލަ އެއްޗެއް ގައިމަތިން ދުވާ ހެން ހީވިއެވެ. 

ކުޑަކޮށް ފޮޅާލުމަށްފަހު، ތެދުވީއެވެ. ބެލި އިރު، ފެނުނު މަންޒަރު ގަބޫލު ކުރަން ދަތިވިޔަސް އަނާ އަށް ގަބޫލު ކުރަން މަޖުބޫރު ވީއެވެ. ފިރިމީހާގެ ކޮއްކޮގެ ގައިގައި އެއްވެސް އެއްޗެއް ނެތެވެ. އޭނާ މަސައްކަތް ކުަރަމުންދިޔައީ އަނާގެ އިއްފަތްތެރިކަން ފޭރި ގަންނާށެވެ. 

އެހާހިސާބުން އަނާ އަކަށް ވާހަކަ އެއް ނުދެއްކުނެވެ. ސުހައިލް އޭނާ އަށް ހިތްވަރު ދެމުން ދިޔައެވެ. 

"އަނާ ވީކަމެއް ނުވާ ކަމަކަށްވެސް ނުވާނެ. ކެތްކޮށްފައި ބަޔާނަށް މައުލޫމާތު ދެއްވާ" އަނާ އަނެއްކާވެސް ކުރަކިވެފައިވާ އަޑުން ވާހަކަ ދައްކަމުން ދިޔައެވެ.

"އަހަންނަށް ވަރަށް އުދަނގޫ އިހުސާސެއް ކުރެވޭ އެބަ. އެއީ އަހަރެންގެ ފިރިމީހާގެ ކޮއްކޮ. އޭނަ ވަލު ޖަނަވާރެއް ފަދައިން އަހަރެންގެ އިއްފަތް ފޭރި ގަންނަމުން ދިޔައީ. ބަނދެވި ކަސްތޮޅު އެޅިފައިވާ އަޅެއްފަދއިން އޭނާގެ މުށު ތެރޭގައި އަހަރެން ޝިކާރަ ކޮށްފަ" ސަލާމާތް ވާނެ ގޮތެއް ކުރާނެ ކަމެއް ނޭގިފައި އަނާ އަށް އެތައްގަޑި އިރު އޮންނަން ޖެހުނު އަނާ ކިޔައިދެމުން ދިޔައެވެ.

އޭރު ގަޑިން ދަންވަރު ދޭއް ޖެހީއެވެ. ގަދަވަޔާއި ވިއްސާރައެވެ. އެހެންނަމަވެސް އެވެހޭ ވާރޭގެ ސަބަބުން އަނާ އަށް ލިބެނީ ފިނިކަމެއް ނޫނެވެ. 

ފިހިމީހާގެ ފޯނު ނިއްވާފައި އޮތުމުން ފޯނަށް ޖަވާބު ނުލިބުނެވެ. ވެހެމުންދިޔަ ވާރޭ ތެރެއިން އެކަނިމާ އެކަނި ދާނެ ވަކި މަންޒިލެއް ނޭނގި އެތައް އިރަކު މާލޭގެ މަގުމަތީގައި ހުރުމަށްފަހު ޓެކްސީއެއްނެގީ ކުރާނެ އަދި ދާނެ ވަކި ތަނެއް ނޭނގިގެންނެވެ. ޓެކްސީ ޑްރައިވަރު ގެސްޓު ހައުސްއެއްގެ ރޫމެއް އަހަންނަށް ނަގައިދިނެވެ.

އިރު އަރަންދެން އަނާ އޮތީ އެ ރޫމްގައެވެ. އިރު އަރާ ހެދުނު ނުވައެއް ޖަހައިފިއެވެ. އެތައް ސަތޭކަ ފަހަރު ފިރިމީހާ އަށް ގުޅަގުޅާ ފޯނެއް ނުނެގިއެވެ. ޓެކްސީ ޑްރައިވަރު އަނާގެ އެރޫމަށް ދިޔައެވެ. އަދި އަނާ އަށް އެހީތެރިވެ ދިނެވެ. އަނާ އަށް ހިތްވަރު ދިނުމަށްފަހު، ހާމިދު އަނާ ޕޮލިސްސްޓޭޝަނަށް ގެންދިޔައެވެ. 

ބަޔާންދީ ނުކުމެ ބޭރުގައި ހުއްޓާ ފިރިމީހާ ގުޅިއެވެ. އަނާ ކުރަކިވެފައިވާ އަޑުން ފިރިމީހާގެ ކުރިމައްޗަށް ހުރިހާވާހަކައެއް އޮއްސާލީ އެވެ. 

"ގަބޫލު ކުރެވޭނީ ކިހިނެއް؟" އަނާގެ ފިރިމީހާ ފުރަތަމަ ވެސް ބުނެލީ އެހެންނެވެ. 

އަނާ ވަގުތުން ފޯނު ކެޑިއެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމުގައި ފޯނު ބެއްވުމަށްފަހު އޭނާގެ ހިމާޔަތަށް ނޭދުނު ފިރިމީހާ އާއި ދުރުވާން ވިސްނިއެވެ.

އެ ދުވަހަށްފަހު، ލޯބި އެއީ އަނާގެ އަނިޔާ ކަމަށް އަނާ އަށް ގަބޫލު ކުރެއެވެ. އިތުބާރު އެއީ އަނާގެ ވޭން ކަމުގައި އަނާ ގަބޫލުކުރެ އެވެ. އަނާ ފިރިހެނުން މަތިން ފޫހި ވިއެވެ. ހުރިހާ ފިރިހެނުން މަތިން ފޫހި ވިއެވެ.

.........................................

ނަމަވެސް ދުނިޔެއަށް ސިކުނޑި ހުޅުވާ ވިސްނާލިއެވެ. އަނާގެ ވަރަށް ފުންކޮށް ވިސްނިއެވެ. އެންމެ ފަހު ވިންދަކީ އަމިއްލަ ނަފްސަށް ބޭވަފާ ތެރި ނުވުން ކަމަށް ގަބޫލު ކުރިއެވެ. ކެހިވެރި، އޮޅުވާލާ، ފިރިހެނުންގެ ކިބައިން ދުރުވުމަށް ވިސްނިއެވެ. އަނާގެ ނަފްސާއި ހިތްވަނީ އެރޭގެ ފަހުން ވީދި ކުދި ކުދި ވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް