އައްމަޑޭ މިވަނީ އެކަން ފޭސްބުކް މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ ފޭސްބުކްގެ މެރިޓަލް ސްޓޭޓަސް "މެރިޑް"އަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ކައިވެނީގެ ފޮޓޯއެއް ހިއްސާކޮށްފައެއް ނުވެ އެވެ.
މީގެ އަހަރެއްހާ ދުވަސްކުރިން، އައްމަޑޭ އާއި ތަހީ ލޯބީގެ ގޮތުން ގުޅުނީ ފޭސްބުކް މެދުވެރިކޮށް ދިމާވެގެންނެވެ.
މީގެ ކުރިން ވެސް އައްމަޑޭ ކައިވެންޏެއް ކޮށްފައިވާއިރު އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ.
ޓީވީއެމުން ގެނެސްދިން އެހަނދާނުގައި ޝޯ އިން ވިދާލި އައްމަޑޭ ވަނީ ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ރިއަލިޓީ ޝޯ، މޯލްޑިވިއަން އައިޑޮލުގެ ޖަޖެއްގެ ގޮތުގައި ވެސް ފެނިފަ އެވެ.