ads
އެމްޓީސީސީ އެއްބަސްވުމުގައި ސޮއި ކުރަނީ
ޑްރަގް ފަރުވާ ނިމުމުން އެމްޓީސީސީގައި ތަމްރީން ވުމުގެ ފުރުސަތު ދެނީ
އެންޑީއޭ އިން ދެމުންދާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް މުޖުތަމައުއާއި ގުޅޭ ފަރާތްތަކަށް އެމްޓީސީސީން ތަމްރީން ހޯދުމުގެ ފުރުސަތު ފަހިކޮށްދެވޭ ގޮތަށް ނެޝަނަލް ޑްރަގް އެޖެންސީއާއި އެމްޓީސީސީއާއި ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި އެވެ.

މި އެމްއޯޔޫގެ މަގްސަދަކީ އެންޑީއޭ އިން ދެމުންދާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް މުޖުތަމައުއާއި ގުޅޭ ފަރާތްތައް މުޖުތަމައުއަށް އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ރީއިންޓަގްރޭޝަން އެންޑް އާފްޓަ ކެއާ"ގެ ޕްރޮގްރާމަށް އެމްޓީސީސީގެ ފަރާތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. 

އެ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެމްޓީސީސީން ފަހިކޮށްދޭނީ ކުންފުނީގެ އިޖްތިމާއީ ޒިންމާ (ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ)ގެ ދަށުންނެވެ. އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާ ޝަރުތު ހަމަވާ ގޮތުގެމަތިން ބައިވެރިކުރާނެ މީހުން ނިންމާނީ އެންޑީއޭއިން ހުށަހަޅާ ލިސްޓަކަށް ބިނާކޮށެވެ. އަދި މި އެމްއޯޔޫގެ ދަށުން، އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ އުޅުމާއި، އަހްލާގާއި ސުލޫކު އަދި މަސައްކަތް ކުރާގޮތުގެ ރިވިއު ރިޕޯޓެއް، ކޮންމެ މަހަކު އެންޑީއޭގެ ކޭސްވޯކަރާއި ހިއްސާކުރެވޭނެއެވެ. 

މި އެމްއޯޔޫގެ މުއްދަތަކީ ސޮއިކުރެވޭ ތާރީހުން ފެށިގެން ތިން އަހަރު ދުވަހެވެ. އެމްޓީސީސީގެ އަމާޒަކީ މި ޕްރޮގްރާމް ފުރިހަމަކުރާ މީހުން މުޖުތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ތަމްރީން ކުރުމެވެ. ކުންފުނީގެ ހަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ރޮނގު ރޮނގުން އިޖްތިމާއީ ޒިންމާ އަދާކޮށްދީފައިވާނެ އެވެ.

މިއަދު މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން ޗީފް އެގްޒެކެޓިވް އޮފިސަރު އަލްފާލިލާ މަރިޔަމް ހާލިދާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަލްފާލިލް އާދަމް އާޒިމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް