ads
ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް އަލްހާފިޒް ނަބީހުއާ ބައްދަލު ކުރައްވައިފި
ނައިބު ރައީސް ފައިސަލް ނަސީމް، ޔޫއޭއީގައި ކުރިޔަށް ދިޔަ 2022 ވަނަ އަހަރުގެ ދުބާއީ އިންޓަރނޭޝަނަލް ގުރުއާން މުބާރާތުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކުރި އަލްހާފިޒް އަހުމަދު ނަބީހު އަބްދުލްގާދިރާއި ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަ އަހުމަދު ޒާހިރާއި، އަލްހާފިޒް އަހުމަދު ނަބީހުގެ މަންމަ އާމިނަތު މުހައްމަދާއި، ބައްޕަ އަބްދުލްގާދިރު ގާސިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް  ވަނީ އަލްހާފިޒް އަހުމަދު ނަބީހަކީ ނަމޫނާ ކުއްޖެއްކަމުގައި ވިދާޅުވެ، ނަބީހަށް ކީރިތި ގުރުއާން ކިޔެވުމުގެ ރޮނގުން އިތުރަށް ކުރިޔަށް ދިޔުމަށް ހިތްވަރުދެއްވައި، ކުރިޔަށް އޮތް ތަނުގައި ސަރުކާރުގެ ތެރެއިން ހުރި މިފަދަ ފުރުސަތުތައް ފަހިކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. 

މީގެ އިތުރުން ވެސް އެމަނިކުފާނުވަނީ ކުދިންގެ ޅަ އުމުރުން ފެށިގެން ކީރިތި ގުރުއާނަށް އޮންނަ ލޯބި އަށަގެންނެވުމަށް މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނަބީހުގެ ބެލެނިވެރިން ވަނީ ދުބާއީ އިންޓަރނޭޝަނަލް ގުރުއާން މުބާރާތުގައި ނަބީހު ބައިވެރިވުމަށް ކުރި ދަތުރުގެ ތަޖުރިބާ ނައިބު ރައީސް އާއި ހިއްސާ ކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް