ads
އައްމަޓީ
މައްސަލަ ނިމެންދެން އައްމަޓީގެ ވާހަކަ ނުދައްކަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލައާމެދު ކޯޓުން ގޮތެއް ނިންމެން ދެން އޭނާ ކުށްވެރިކޮށް ވާހަކަ ދެއްކުން ދައުލަތުގެ ވެރީންގެ މައްޗަށް މަނާކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފި އެވެ.
Advertisement

ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރެފައި މިވަނީ، އައްމަޓީގެ އެފަދަ އަމުރެއް ނެރެދިނުމަށް އެދި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި އެދުމުންނެވެ. އައްމަޓީ ބަންދުން ދޫކޮށްލަން އަމުރު ކުރުމާއި އެކު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ އެ ނިންމުމަށް ފާޑުކިޔާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ސޯޝަލް މީޑިއާގައިވެސް އެކަމާއި މެދު ނުރުހުން ފާޅުކޮށް ޝަމީމް ވަނީ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. 

މި މައްސަލައާއި ގުޅިގެން މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ދެފަރާތުން ދެއްކެވި ވާހަކަތަކަށް ބެލުމަށްފަހު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އަމުރުގައި ބުނެފައިވަނީ، ކޯޓުން ނިންމާފައިވާ ނިންމުމަކާއި ގުޅިގެން އެފަދަ ވާހަކަތައް ދައްކާނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑީކަމަށް ބެލެވޭނެ ކަމަށެވެ. އަދި އެއްވެސް މީހަކީ އޭނާގެ މައްޗަށް ކުށެއް ސާބިތު ނުވާހާ ހިނދަކު ކުށެއް ނެތް މީހެއް ކަމަށް ބެލުމުގެ ހައްގު ގާނޫނުން އެމީހަކަށް ލިބިދީފައި ވާކަމަށްވެސް އަމުރުގައި ވަނީ ބުނެފައެވެ. 

"އެފަދަ ހައްގުތައް ހިމާޔަތް ކުރުމަކީ ކޯޓްތަކުގެ ޒިންމާއެއް ކަމަށް. އެހެން ކަމުން އަހުމަދު މޫސާ ބަންދުން ދޫކޮށްލި މައްސަލައާމެދު ވަކި ގޮތެއް ނިންމަން ދެން އޭނާއަކީ ކުށްވެރިއެއް ކަަމަށް ދޭހަވާ މޭރުމުން ވާހަކަ ދެއްކުން ދައުލަތުގެ ވެރީންގެ މައްޗަށް މަނާކޮށް އަމުރު ކުރަން." ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

އައްމަޓީގެ މައްޗަށް 42 ދައުވާއެއް ދައުލަތުން ކުރެއެވެ. އެއީ ހިޔާނާތްތެރިވުމުގެ ކުށުގެ 12 (ބާރަ) ދައުވާއަކާއި، ހިޔާނާތްތެރިވުމުގެ ކުށުގެ 25 ދައުވާއެއްގެ އިތުރުން ހިޔާނާތްތެރިވުމުގެ ކުށުގެ ފަސް ދައުވާއެކެވެ. އެ ހުރިޙާ ދައުވާތަކަށްވެސް އޭނާ ވަނީ އިންކާރު ކޮށްފައެވެ. 

އޭގަފަހުން ބާކީ އޮތް އަޑުއެހުންތައް އިއްވުމަށް މިމަހުގެ 13 ވަނަދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާތައް އިއްވާ ނިންމާލުމުން އެ ހުރިހާ ދައުވާތަކަށްވެސް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރާ މި 42 ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. 

އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، އޭނާ ހައްޔަރު ކުރި ކަމަށް އިންޓަޕޯލުން ފުލުހުންނަށް އެންގީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ.  

އައްމަޓީގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް ހެދުމަށް 200 އަށް ވުރެ ގިނަ މީހުންގެ އަތުން މަކަރާއި ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާތީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް