ads
ވިހާފައި އަހަރެން އެއްލާލީ ކީއްވެ؟....
ވިހާފަ އަހަރެން އެއްލާލީ ކީއްވެ؟
ގޭގެ ބޮޑު ސޯފާގައި ބާލީހެއްގައި ބައްދައިގެން ޓީވީ ހުޅުވައިގެން އޮތް ފަރާ އޮތީ ދިވެހި ފިލްމެއް ބަލާށެވެ. ފިލްމުގައި ފެންނަމުންދިޔަ މަންޒަރު ތަކުން ފަރާގެ ހިތް ކުދިކުދި ވަމުން ދިޔައެވެ.

ފަރާއަށް ބުނެވުނެވެ. "މަންމާ ކީއްވެ އަހަރެން ދޫކޮށްލީ. މަންމާ އަހަރެންވެސް މަންމަގެ އުނގުތެރޭގައި ވާން ބޭނުން. މަންމާ އާދޭ މަންމާ އާދޭ،" މަޑު މަޑުން އެހެން ބުނެވުނު ނަމަވެސް ފަރާ އަށް ރޮއިގަނެވުނެވެ. ގިސްލަ ގިސްލާފައި ފަރާއަށް ރޮވުނީއެވެ.

އެއީ ފަރާ ހަދާން ކުރަންބޭނުންވާ ދުވަސްތަކެއް ނޫނެވެ. އެ ދުވަސް ތަކާއި، ދުރުވެ ހުންނަން ބޭނުންވިޔަސް ފަރާއަށް ފެންނަ މަންޒަރު ތަކުން އެ ހަދާން އާވަނީއެވެ. 

ހުޅުވާފައިވާ ޓީވީ އިން ފެނުނު މަންޒަރުން ފަރާ އަށް އަސަރު ކުރީ އެވެ. ފަރާގެ ހިތް ބުނަމުން ދިޔައީ ފެނިގެން ދިޔައީ ފަރާގެ އަސްލު ދިރި އުޅުމެވެ.

ފަރާގެ އުމުރުން މިއަދު 40 އަހަރެވެ. އެހެންނަމަވެސް މަންމައެއްގެ ލޯތްބަށް ފަރާވެސް އެދެވެ. މަންމައެއްގެ ލޯބި ނުލިބި ބޮޑު ވަމުން އައި އިރު ފަރާ ހީކުރީ މަންމަ މަރުވީ ފަރާ ވިހާފައި ކަމަށެވެ.

ނަމަވެސް ފަރާގެ އުމުރުން 14 އަހަރުގައި، ފަރާގެ ކުލާސް ކުއްޖެއްގެ ފަރާތުން ހުރިހާ ކަމެއް ފަރާ އަށް އެގުނެވެ. ސުހާ ފަރާ އަށް ފަރާގެ ދިރިއުޅުން ކިޔައި ދެމުންދިޔައީ ސުހާ އަށް ހުރިހާ ކަމެއް އެގިގެންނެވެ. ސުހާ ކިހިނެއް ތި ހުރިހާ ކަމެއް އެގެނީ.. ފަރާ ބުންޏެވެ. 

"އާން އަހަންނަށް އެގޭ. އަހަރެންގެ މަންމަ ހުރިހާ ވާހަކައެއް ކިޔަދިން." ސުހާ ކިޔައިދެމުން ދިޔައެވެ. ސުހާ ފަރާގެ ވާހަކަތައް ކިޔައިދެމުން ދިޔައިރު، ޝައުގު ވެރި ކަމާއެކު ފަރާ އިނީ އަޑު އަހާށެވެ. ސުހާ ފަށައިގަތެވެ. 

"ފަރާ ދެރަ ނުވާތި. އެންމެނެއް އެއްގޮތެއް ނުވާނެ. އެކި މީހުން އުޅޭނީ އެކިގޮތަށް. ފަރާ ކުޑަ އިރު ފަރާ ވިހާފައި ފަރާގެ މަންމަ ފަރާ އެއްލާލީ،" ސުހާ އަށް އެ ޖުމްލަ ބުނެވުނުތަނާ ފަރާ ބަޑި ފަޅައިގެން ދިޔައެވެ. 

"ފަރާ ނުރޮއެބަލަ.. ކީއްވެ ތި ރޮނީ.. އެކި މީހުންނަަށް ދުނިޔެމަތިން ދައްކަވާނީ އެކި އިމްތިހާން ތަކާ. ތީ ވެދާނެ ފަރާ އަށް އިމްތިހާނަކަށް. ފަރާ ބަލަމުންދާ މަންމަމެން ފަރާ ދެކެ ވަރަށް ލޯބި ވެއެއްނުން. އެކަހަލަ ކަންތަކާ އަޅާ ލާކަށް ނުވާނެ." ސުހާ ކިޔައދެމުން ދިޔައެވެ.

ސުހާ ހުއްޓުމެއް ނެތި ވާހަކަ ކުރިއަށް ގެންދިޔައެވެ. "ފަރާގެ މަންމަ އަކީ އައްޑޫ މީހެއް. އެ އަންހެންމީހާ ފަރާ ކުޑައިރު ފަރާ ވިހާފައި ބޭނުން ނެތިގެން މަގު މައްޗަށް އެއްލާލާފައި އޮއްވާ، މިހާރު ތި ބަލާ މަންމަ ސަކީނާއްތަ ފަރާ ފެނިގެން ނެގީ. އެ ދުވަހަށް ފަހު ސަކީނާއްތަ ފަރާ ބަލަން ފެށީ." ސުހާ އަށް އެހެން ބުނެވުނުތަނާ އަމިއްލަ ހަޔާތުގެ ސަފުހާތައް އަޑު އަހަން އިން ފަރާ އަށް ކެތް ނުކުރެވުނެވެ.

"އަހަރެން އެ މަންމަ ހޯދާނަން.. އަހަރެން އެ މަންމަ ހޯދާނަން.." ފަރާ ރޮމުން ދުއްވައިގަތެވެ.

ދުވަމުން ދުވަމުން ގޮސް ފަރާ މަޑު ޖެހިލިއެވެ. ކަރުނަޔާއި މާޔޫސް ކަމާ އެކުގައެވެ. ބިންމަތީގައި ދެކަކޫ ޖަހައިގެން އިދެ ފަރާ ރޮމުން ދިޔައިރު، އެ އަޑު އަހާނެ މަންމައެއް ނެތްކަން ފަރާ އަށް ޔަގީން ވިއެވެ.

ނަމަވެސް ފަރާ ބަލަމުންދާ މަންމަ ފަރާ އަށް ކިތަންމެހާވެސް އޯގާ ތެރިއެވެ. މަަންމައެއް ނެތް ކަމުގެ އިހުސާސް ވިޔަކަ ނުދެއެވެ. ނަމަވެސް ރަހުމަތްތެރިޔާގެ ފަރާތުން އިވުނު އަޑުން ހިތް ޒަހަމްވެފައިވި، ފަރާގެ ވިސްނުން މުޅިން ބަނދަލު ވިއެވެ.

ގޭގައި ގިނަވަގުތު ނޫޅެ ބޭރު ތެރެއަށް ނުކުންނަމުން ދިޔައެވެ. އޭގެ ނަތީޖާ އަކަށްވީ ފަރާ އަށް ގޮތްނޭގޭ މިހުންނާއި ދިމާވުމެވެ. އެ ފިރިހެނުންގެ ފަރާތުން ލިބުނު އޯގާތެރިކަމާއެކު ވަގުތު ހޭދަކުރަމުންދިޔަ ފަރާ ރަށްމެދަށް ބަލިވެ އިނެވެ.

ދަރިއާއި ހަވާލުވާނެ ބައްޕަޔަކު ނެތި ފަރާ މަގުމަތި ވިއެވެ. ބަލަމުން ދިޔަ މަންމަވެސް ފަރާ ދޫކޮށްލީ އެވެ.

ބަނޑުގައިވި ދަރި ބެލޭނެ އެއްވެސް ގޮތެއް ފަރާ އަކަށް ނުވިއެވެ. ނަމަވެސް އެކި ހާލުގައި ތެޅިގެން ކުއްޖާ ގެންގުޅެމުން ފަރާ ދިޔައެވެ. ނަމަވެސް އެ ކުއްޖާ އަށް ކާންބޯންދޭން ފަރާ ޖެހުނީ ގޯސްމަގު އިހުތިޔާރު ކުރާށެވެ.

ވައްކަމުގެ މަގަށް ހުށައެޅުނެވެ. މަސްތުވާތަކެއްޗަށް ފަރާ ހުށައެޅިގެން ދިޔައެވެ. އޭގެ ސަބަބުން ފަރާ ޖަލަށް ހުކުމް ކުރިއެވެ. ޖަލުގެ ތޭރި ތަކަށް ފަރާ ދިޔައީ އެ ދަރިފުޅު ގޮވައިގެންނެވެ. ޖަލުގައި ތިން އަހަރު އުޅުމަށްފަހު، ފަރާ މިނިވަންވިއެވެ.

ނަމަވެސް ފަރާ ބަލައިގަންނާނީ ކާކު ހެއްޔެވެ.؟ ފަރާގެ މަންމަ އެއް ނެތެވެ! ދަރިފުޅުގެ ބައްޕަ އެއް ނެތެވެ!

އެހީތެރިކަން ދޭނެ ކަމަށް ވައުދުވެ، އެކުގައި އުޅެމުން ދިޔަ ފިރިހެނުންނަކީ ފަރާގެ ހަލާކުކަން ފަރާ އަށް އެގުނު ނަމަވެސް އެ މީހުންނާއި އެކު އުޅުމަށް، ފަރާއަށް މަޖުބޫރުވީ އެހެން ގޮތެއް ނެތުމުންނެވެ.

ތަނަވެސް މުއްސަދި، ދަރިން ނުލިބޭ މީހަކަށް ފުރަތަމަ ދަރި ފަރާ ދިނެވެ. އޭގެ ފަހުން ފަރާ އެކި ފަހަރު މަތިން ހަތަރު ދަރިއަކަށް ބަލިވިއިނެވެ. ކޮންމެ ފަހަރަކުވެސް ވިހާފައި ދަރި ހޮސްޕިޓަލަށް އެއްލާލަނީއެވެ.

މަންމަ ފަރާ އަށް ހެދި ގޮތަށް ފަރާ އެ އަމަލު ތަކުރާރު ކުރަމުން ދިޔައީ އޭނާ އަށް އެދަރިން ނުބެލޭނެތީ އެވެ. އެއްލާލާ ދަރިން ހިޔާ އިން ނަގަމުން ދިޔައިރު، ފަރާވަނީ މަސްތުހާލަތުގައެވެ. އެކަމުން އަރައިގަނެވޭނެ ގޮތެއް ނެތިފައެވެ.

އެ ހުރިހާ ކަމެއް ވެ ދިޔައިރު، ފަރާގެ އަސްލު މަންމަ ( އެއްލާލި މަންމަ) ދުނިޔޭގައި ހުއްޓެވެ. ފަރާ އަކީ ދުނިޔެއިން ގިނަވެފައިވާ ބާކީ މީހެކެވެ. ހުކުމެއްގެ މަތިން ހުކުމް ތަންފީޒު ކުރާ ނިކަމެތި އަންހެނެކެވެ. ހެޔޮމަގަށް އުޅުމަށް ބޭނުންވެފައި ހުރި ދަރިއެވެ. 

ސޯފާގައި އޮވެ ރޮމުން ދިޔަ އިރު، ފާރާގެ ހިތް ބުނަމުން ދިޔައީ އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ. އަހަރެން މުޅި ދުނިޔެއަށް ގިނަ ކުރީ އެ މިީހެއްގެ ބަނޑުން އަހަރެން އުފަންވި އަހަރެންގެ މަންމަގެ ކުށުންނެވެ.

މަންމާ އެވެ. "އަހަރެން ވިހާފައި އެއްލާލީ ކީއްވެ" ހެއްޔެވެ.

8%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް