ads
ފޮޓޯ:ޒަކާތް ދައްކަނީ
މާދަމާ އިން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެވޭނެ
މާދަމާ އިން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް އިސްލާމިިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށެވެ. 

ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އާންމު ކޮށް އެ ބަޔަކު ކެއުމަށް ބޭނުން ކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ކަމަށެވެ.

ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށާއި، އަދި އާޓާ ފުށުންނެވެ.

އަދި މާލެ ސިޓީގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހޯލުގައެވެ.

ގޮވާމުގެ ބާވަތް ތަކުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10 އަކުން ފެށިގެން މެންދުރު 12 ޖަހަން ދެނެވެ.

އަދި މެންދުރުފަހު 13:00 އިން 2:30 އަށް ޒަކާތް ބަލައިގަންނާނެ ކަމަށާއި، އަދި ރޭގަނޑު 21:00 އިން ފެށިގެން ރޭގަނޑު 10:30 އާއި ހަމަޔަށް ޒަކާތް ބަލައިގަނަންނަމުން ދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް