ads
އިންޑިއާގެ ބޮޑު ވަޒީރު މޯދީ (ކ) އަދި ރައީސް ސޯލިހު (ވ) ސަލާމް ކުރައްވަނީ --
"އިންޑިއާ އައުޓް" އަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ސަރުކާރުން ކަނޑައަޅައިފި
އިންޑިއާއާއިމެދު ނަފްރަތު އުފެއްދުމަށް ހިންގާ ކަމަށް ބުނާ “އިންޑިއާ އައުޓް” ކެމްޕެއިންއަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއްކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅައިފި އެވެ.

އެމަޖިލީހުން އެކަން އެގޮތަށް ކަނޑައެޅުމާއިއެކު ރައީސް ވަނީ އެ ހަރަކާތް ހުއްޓުވަން އަންގާ ގަރާރެއްވެސް ނެރުއްވާފައެވެ.

އެ ގަރާރުގައި ބުނެފައިވަނީ، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ، ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށެވެ. 

އަދި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާ ހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން އެގޮތުގެ މަތިން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، ގަރާރު އެކަށައެެޅީ ކަމަށް އެ ގަރާރުގައި ވެއެވެ. 

ދިވެހި ސަރުކާރުގެ ސިޔާސަތަކީ، ޤާނޫނުއަސާސީސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ދެވޭނެ އެންމެ ފުޅާމިނެއްގައި ޖާގަދީ، ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ޢަމަލުކުރަމުންދާ އަސާސްތައް ދެމެހެއްޓުން ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ. ނަމަވެސް އިންޑިއާ އައުޓް ހަރަކާތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، އިންޑިޔާއާ ދެކޮޅަށް، ދިވެހިރާއްޖޭގެ ޞުލްޙަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ދިވެހިރާއްޖެއާ އިންޑިޔާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި، ރާއްޖޭގެ ތަރައްޤީއަށާއި މި ސަރަޙައްދުގެ ސަލާމަތާއި
ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު
މަސައްކަތްތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތައް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމެއްކަން ސާފުކޮށް އެނގެން އޮތްއިރު އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮތް ސުލުހަ މަސަލަސްކަން ނަގައިލައި، ސަރަޙައްދީ ސަލާމަތާއި ރައްކަތެރިކަން ގެއްލުވައިލައި، ރާއްޖޭގެ އިޤްތިޞާދީ
ރައްކައުތެރިކަމާއި އިޖުތިމާޢީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމުގައި
ގަބޫލުކުރެވޭ ކަމަށް ގަރާރުގައިވެއެވެ. އަދި ހާއްސަކޮށް ބައިނަލްއަޤްވާމީ މައިދާނުގައި އެކަހެރިވެދާނެކަމުގެ ބިރުވެރިކަންވެސް އެގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

"މި ނުރައްކާތަކުން ދިވެހިރާއްޖެ ސަލާމަތް ނުކުރެވިއްޖެނަމަ، އެކި ގޮތްގޮތުން
ދިވެހި ރައްޔިތުން ތަހައްމަލުކުރަންޖެހޭނެ ބުރަޔަކީ މިން ނުކުރެވޭނެ އަދި ފޫނުބެއްދޭނެ ބުރަތަކެއް
ކަމުގައި ގަބޫލުކުރެވޭތީއާއި، ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، ބޭރު
ތަކުގައި ދިރިއުޅޭ ދިވެހީންނާއި ބޭރު ޤައުމުތަކަށް ޒިޔާރަތްކުރާ ދިވެހީންނަށް ރައްކައުތެރިކަމާއި، ހިމާޔަތް ފޯރުކޮށްދިނުމަށް ދަތިވާނެ ކަމެއް ކަން ވެސް ގަބޫލުކުރެވެއެވެ" ގަރާރުގައިވެއެވެ.

މިފަދަ ގަރާރެއް ރައީސް ނެރުއްވިއިރު، ރައީސް ޔާމީން ދިރިއުޅުއްވަމުން ގެންދަވާ އަމިއްލަ ގެކޮޅު، ހ. ދޫވެހީގަ އާއި، ޕީޕީއެމްގެ އޮފީސް ހިމެނޭ ހ. ހުރަފަ ގޭގައި އިންޑިއާ އައުޓް ޖަހާފައިވާ ބޮޑު ބެނާއެއް ދަމާފައިވާތީ އިއްޔެގެ މަޖިލީސް ފައްޓަވަމުން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ނަޝީދު ވިދާޅުވީ، މާލޭގެ ބޮޑެތި އިމާރާތްތަކަށް އަވަށްޓެރި ގައުމުތަކާއި ގުޅޭގޮތުން ބަދުބަސްބުނެ ބޮޑެތި ބެނާތައް ނަގާފައި ބެހެއްޓުމަކީ ގާނޫނު އުގޫބާތާއި ހިލާފުކަމެއް ކަމަށެވެ. އަދި އެއީ އާއްމު މަސްލަހަތާއިވެސް ހިލާފު ކަމެއް ކަމަށާއި، އެތަކެތި ވަގުތުން ވަގުތަށް ފުލުހުން ނަގާން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެއަށްފަހު އެ ބެނާތައް ނަގަން ޕީޕީއެމްގެ އޮފީސް ހިމެނޭ ހ. ހުރަފާ ގެއަށް ފުލުހުން ވަނީ ލިއުންވެސް ފޮނުވާފައެވެ. އަދި މާލޭގެ އެކި ގޭގެގައި ހަރުކޮށްފައިވާ އެފަދަ ބެނާތައް ނަގަން ފުލުހުން ދަނީ އެގޭގެއަށް ގޮސް ބެނާތައް ނަގަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް