ads
ސިފައިން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަނީ
އަލިފާނުގެ ހާދިސާ ހިނގީ ސައިކަލަށް ޕެޓްރޯލް އަޅަނިކޮށް
މާލޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާ ހިނގީ ސައިކަލަކަށް ޕެޓްރޯލު އަޅަން އުޅުމުގެ ތެރޭގައިކަމަށް އެގަރާޖުގައި މަސައްކަތް ކުރި މީހަކު ބުނެފިއެވެ.

އެމަސައްކަތުގައި ހަރަކާތްތެރިވި ދެބިދޭސީންގެ ތެރެއިން އެކަކު ބުނެފައިވަނީ އެހާދިސާ ހިނގާފައިވަނީ ސައިކަލަކަށް ޕެތްރޯލު އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް މިކަން އަދި ޕޮލިހުން ނުވަތަ އެމްއެންޑީއެފް އިން ަކަށަވަރު ކޮށެއް ނުދެއެވެ. 

މިއަދު މިހާދިސާ ހިނގާފައިވަނީ ގ. ނިއު ކޮލަންމިއާ އާ އިންވެގެންހުރި ގަރާޖެއްގައެވެ. 

އެމްއެންޑީއެފް އިން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިހާތަނަށް އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށް ނުބުނެއެވެ. 

އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން އެމްއެންޑީއެފްއަށް މައުލޫމާތު ލިބިފައިވަނީ 16:26 ގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް