ads
އަހުމަދު މޫސާ(އައްމަޓީ)
އަންމަޓީ ބަންދުން ދޫކޮށްލި މައްސަލަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓުން ނިންމަނީ
ހިޔާނާތުގެ ގިނަ ދައުވާ ތަކެއް އުފުލާފައިވާ ސީލައިފްގެ މެނޭޖހިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ)ގެ މައްސަލަ މިއަންނަ އާދީއްތަ ދުވަހު ނިންމަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
Advertisement

އޭނާ މިދިޔަ މަހު ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން އެމައްސަލަ ވަނީ ބޭރު ކޮށްލާފައެވެ. 

އާދީއްތަ ދުވަހު ހެނދުނު އެމައްސަލަ ނިންމަން ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާއިރު، ދައުލަތުން އިސްތިއުނާފު ކުރި އެމައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާފައެވެ. 

އެމައްސަލާގައި ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލީހުގައި ހައިކޯޓުން އެމައްސަލަ ބޭރުކޮށްލީ މި މައްސަލަ އަކީ އިޖުރާއީ ގޮތުން ބެލޭނެ މައްސަަލައެއް ނޫންކަމަށް ނިންމައެވެ. އެ މައްސަލަ އިޖުރާއީ ގޮތުން ނުބެލޭނެ ކަމަށް އެ ކޯޓުން ނިންމާ ހުކުމް ކުރީ، އެ މައްސަލަ އެ ކޯޓުގައި ދައުލަތުން އިސްތިއުނާފު ކޮށްފައިވަނީ އެކަން ކުރަން ޖެހޭ ވަގުތު ފާއިތުވި ފަހުން ކަމަށް ވާތީ ކަމަށް އެ ހުކުމުގައި ވެއެވެ.

އެހެން ނަމަވެސް މިކަމާއި ގުޅިގެން ޕްރެސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމެއްގައި ބުނެފައިވަނީ، ހައިކޯޓުން އައްމަޓީގެ މައްސަލަ ބޭރުކޮށްލަމުން ކުރި ހުކުމުގައި އިސްތިއުނާފް ކުރަން އޮންނަ ގާނޫނީ މުއްދަތު ފާއިތުވެފައި ވާކަމަށް ނިންމި ނަމަވެސް، އައްމަޓީ ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްފައިވަނީ، މުއްދަތުގެ ތެރޭގައި ކަމަށެވެ. 

މީގެ އިތުރުން ޝަމީމް ވިދާޅުވީ، އައްމަޓީ މައްސަލައިގެ މުއްދަތުތަކަށް ބަލައި އިރު، ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމީ 20 މާޗުގައި ކަމަށާއި އެއީ ނުގުނާ ދުވަހެއް ކަމަށެވެ. އަދި 21 މާޗަކީ މުއްދަތު ގުނާ ފުރަތަމަ ދުވަސް ކަމަށާއި 22 މާޗަކީ ދެވަނަ ދުވަސް ކަމަށާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހަކީ 23 މާޗުކަމުން އެއީ ނުގުނާ ދުވަހެއް ކަމަށްވެސް ވިދާޅުވެެފައިވެއެވެ.

އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. އެ ހުރިހާ މައްސަލައެއްގެ ވެސް ޝަރީއަތް ކުރިއަށް ދަނީ ވަކިވަކިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް