ads
ޕަބްޖީ އަދި ޓިކްޓޮކަކީ ޒުވާނުންގެ މަގުބޫލުކަން ލިބިފައިވާ ދެ އެޕް
ޒުވާނުން ހަލާކުކުރާ ކަމަށް ބުނެ އަފްޣާނިސްތާނުގައި ޓިކްޓޮކާއި ޕަބްޖީ މަނާކޮށްފި
ތާލިބާން ޖަމާއަތުގެ އަތްދަށަށް އަފްގާނިސްތާނު ގެންގޮސް މުޅި އަފްގާނިސްތާން ހިފާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު 15ވަނަ ދުވަހު އެވެ. ހަމަ އެދުވަހު ރައްޔިތުންގެ ހާލަށް ރައްޔިތުން ދޫކޮށްލުމަށްފަހު އެގައުމުގެ ރައީސް އަޝްރަފް ޢަނީ ވަނީ ފިއްލަވާފައެވެ.
Advertisement

އެހެންކަމުން އަފްޣާންގެ ހިންގުން ތާލިބާނުގެ އަތްދޮށަށް ވަނީ ގޮސްފައެވެ. ތާލިބާނުން އެމީހުންގެ ސަރުކާރެއް އެގައުމުގައި ގާއީމުކޮށް މިއުޒިކާއި، ފިލްމާއި، މުނިފޫހިފިލުވުމުގެ ގިނަ ވަސީލަތްތަކެއް ވަނީ މަނާކޮށްފައެވެ.

ޒުވާން ޖީލު ހަަލާކުވަމުންދާތީ ޕަބްޖީ އަދި ޓިކްޓޮކް މަނާކުރިކަން އެ ގައުމުގެ ޓެލެކޮމިއުނިކޭޝަން މިނިސްޓްރީން ހާމަކޮށްފައިވަނީ އިއްޔެ އެވެ.

ހަބަރުތައް ބުނާގޮތުން އެގައުމުގެ ސްކަންޑަރީ ސްކޫލުތަކުގައި ކިޔަވާ އަންހެން ކުދިންނަށް ތައުލީމުގެ ފުރުސަތު ވަނީ ބަންދުވެފައެވެ. އަދި  އަންހެނުންނަށް ސަރުކާރު ވަޒީފާތަަކަަށް ދިއުމާއި، ގައުމުން ބޭރަށް ދިއުމުގެ އިތުރުން އެއް ސިޓީން އަނެއް ސިޓީއަށް އެކަނި ދިއުންވެސް އެ ގައުމުގައި މަނަލެވެ. އެފަދަ ގޮތަަކަށް އަންހެނުންނަށް ދަތުރުކުރެވޭނީ އާއިލާގެ ބޮޑު ފިރިހެނަކާއި އެކު އެކަންޏެވެ.

ޑަޓާ ރިޕޯޓަލްގެ މައުލޫމާތުތަކުން ދައްކާގޮތުގައި އެގައުމުގެ 38 މިލިއަން އަފްގާން ރައްޔިތުންގެ ތެރެއިން އިންޓަނެޓް ބޭނުންކުރަނީ މިހާރު ނުވަ މިލިއަން މީހުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް