ads
ފަޅުގެ...
ފަޅު ގެ
ދުވަހުގެ މެންދުރު ވަގުތެވެ. އަޒުހާ ތައްޔާރު ވަމުން ދިޔައީ އާއިލާއިން ދަތުރު ދިއުމަށް ރާވާފައި ވާތީ ދަތުރުގެ ކަން ކަން ހަމަ ޖެއްސުމަށެވެ.
Advertisement

މަންމަޔާއި އެކު އާއިލާގެ 10 މެމްބަރުން "އޯވާނައިޓް" ދަތުރެއްގައި ދިއުމަށް ތައްޔާރު ވަމުން ދިޔައެވެ. ދަތުރުގެ ކަން ތައްތަކުގައި އަވަދި ނެތި ގޭތެރޭގައި އަޒުހާ ދިޔައީ އުޅެމުންނެވެ. ކުއްލިއަކަށް އަޒުހާ ކަންފަތުގައި ޖެހުނީ ކުއްޖެއްގެ ރުއިމުގެ އަޑެވެ.

މަޑުމަޑުން އެ އަޑާއި ދިމާލަށް އަޒުހާ ހިނގައިގަތެވެ. އެ އަޑު އައި ދިމާލުގެ ކޮޓަރީގެ ފާރުގައި އަޒުހާ ބޯޖަހައިގެން މަޑުކުރިއެވެ. އެއީ ކުޑަކުއްޖެއްގެ އަޑެއް ނޫނެވެ. މަންމަގެ ކޮޓަރިން އިވުނީ މަންމަޔާއި އަދި އެހެން ފިރިހެނެއްގެ އަޑެވެ. 

މަންމަގެ ކޮޓަރީގައި މަންމަ މީހަކާ ވާހަކަ ދައްކަމުން ދިޔައިރު، ކޮޓަރީގެ ތެރެއިން އިވެމުން ދިޔައީ އަޒުހާގެ މަންމަ ފާތުމާމަނިކެގެ ރުއިމުގެ އަޑެވެ. ގޭތެރެއަށް މީހަކަށް ވަދެވޭނީ ގޭގެ މައި ދޮރުން ކަމަށްވާތީ އަޒުހާ ބޭރުގައި މަޑުކޮށްގެން ހުރި ވަގުތު އެއްވެސް އެ މީހަކަށް ގެއަށް ވަދެވުނު ގޮތް އަޒުހާ ވިސްނާލިއެވެ.

ނަމަވެސް އަޒުހާގެ ސިކުނޑިއަކަށް އެ ވިސްނުމެއް ނައެވެ. ހެނދުނުއްސުރެ ހުރިހާ އިރެއް ވަންދެން އަޒުހާ ބޭރުގައި މަޑު ކުރި އިރު، މީހެއްގެ ހިލެމެއްވެސް ނުވާތީ އެވެ. 

އަދި އަޒުހާގެ ހިތުގައި ޝައްކު ތަކެއް އުފެދުނެވެ. އެއީ ކާކު ހެއްޔެވެ؟ އެމީހާ މަންމަޔަށް އަނިޔާ ކުރަނީ ކީއްވެ ހެއްޔެވެ؟ މަންމަ ރޮނީ ކީއްވެ ހެއްޔެވެ؟.

ހުރިހާ މަސައްކަތެއް ހުއްޓާލުމަށް ފަހު އަޒުހާ ކޮޓަރީގެ ބޭރުގައި ޝައްކު ތަކަކާއެކު ވާހަކަ ތައް ކަނުލާ އަޑުހަން މަޑު ކުރިއެވެ. ނަމަވެސް މާގިނަ ވާހަކަ ތަކެއް އެ ކޮޓަރީގެ ތެރެއިން ނީވެއެވެ. މަންމަގެ ރުއިމާއި ގިސްލުމުގެ އަޑުން އަޒުހާ ހުރީ ވާގޮތެއް ނޭނގި ހުއްޓުން އަރާފައެވެ. 

"އަހަންނަށް ތިހެން ނުހަދާ" މަންމަ ބުނި އަޑު އަޒުހާ އަށް އިވުނެވެ. މަންމަ އަށް ކޮންމެވެސް ބޮޑު ކަމެއް ލައިގަނެގެން އުޅޭ ކަން އަޒުހާ ޔަގީން ކުރިއެވެ.

އަޒުހާ ދޮރުގައި ޑަކި ދިނެވެ.  މަންމަ ދޮރު ހުޅުވިއެވެ. 

އަޒުހާ ބުންޏެވެ. "މަންމާ ކިހިނެއްވީ! މާންމާ ކީއްވެ ތި ރޮނީ!" 

"ކަމެއް ނުވޭ ދަރިފުޅާ" ފާތުމާމަނިކެގެ މޫނުމަތިން ކޮންމެވެސް ކަމެއް ސިއްރު ކުރަން އުޅޭހެން އަޒުހާ އަށް ހީވިއެވެ. 

ކޮޓަރީގެ ތެރެއަށް އަޒުހާ ވަނެވެ. މީހަކު ފެންނާކަށް ނެތެވެ. މުޅި ކޮޓަރި ބެލުމަށްފަހު އަޒުހާ ބޭރަށް ނުކުތެވެ. އަޒުހާ ނުކުތުމުން ފާތުމާމަނިކު ކޮޓަރީގައި ތަޅު ލިއެވެ. 

އޭރު ގަޑިން އަސަރުން ތިރިވެއްޖެއެވެ. ހަނދު އޭގެ ވާޖިބު އަދާކުރަމުން އައިސް ދުވަހުގެ އިރު އޮއްސެން ކައިރި ވީއެވެ. އަޒުހާ ގޭގެ ބޭރު ޖޯލީގައި އިށީނެވެ.

ގޭ އެންމެން ތިބީ ފަތިހު ފުރާ ގޮތަށް ތިން ދުވަހުގެ އޯވާނައިޓް ދަތުރަށް ތައްޔާރުވެގެންނެވެ.

ދަތުރުދާން އެންމެން އުފަލުން ތިބި ނަމަވެސް އަޒުހާގެ މޫޑު އެއްކޮށް ބަދަލު ވިއެވެ. ދަތުރު ކެންސަލް ކުރާނީއޭ ވެސް އަޒުހާ ހިތަށް އެރިއެވެ.

އަޒުހާ އަށް ވިސްނެނީ މެންދުރު މަންމަގެ ކޮޓަރިން ދިމާވި ކަންތަކާއެވެ. މަންމަ އެއްބަސް ނުވި ނަމަވެސް މަންމަގެ ކޮޓަރިން އިވުނު މަންމަގެ ރުއިމާއި ގިސްލުމުގެ އަޑާއި ދޭތެރޭ ޖޯލީގައި އޮވެ އަޒުހާ ވިސްނަމުން ދިޔަ އެވެ.

އަޒުހާ ގޭތެރެއަށް ވަނެވެ. އަޒުހާ މަންމަޔަށް ގޮވާލިއެވެ. "މަންމާ ކޮންބަޔެއް މިހާރު ދަތުރުދާން ތައްޔާރު ވެގެން ތިބީ. "ނޭނގެ މަށަކަށް މަށެއް ނުދާނަން،" ފާތުމާ މަނިކެ ރުންކުރު ގޮތަކަށް ބުންޏެވެ.

" ކީއްވެ މަންމަ ނުދާން ތި ވިސްނަނީ. މަންމަ ބުނީމެއްނޫން ކުރިންދާނެ ވާހަކަ." އަޒުހާ ސުވާލު ކުރިއެވެ.

"ދަރިފުޅުމެންދޭ މަންމަ ހުންނާނީ ގެ ބަލަން ގެ ހުސްކޮށް ބަހައްޓަން ނުވާނެ،" ފާތުމާމަނިކު ވާހަކަ ދައްކަމުން ދިޔަ އިރު އަޒުހާ އަށް ވެސް ވިސްނުނީ އެއީ ރަނގަޅު ގޮތް ކަމަށެވެ. 

މަންމަ އެކަނި ގޭގައި ބެހެއްޓުން އެހާ ރަނގަޅު ކަމެއް ނޫންކަމަށް ވާތީ އަޒުހާ ފުރަތަމަ އިންކާރު ކުރި އެވެ. ނަމަވެސް މަންމަ ގޭގައިމަޑު ކުރަން ބޭނުންވާތީ މަންމަ ބަހައްޓާފައި ދާން އެންމެ ފަހުން ނިންމީ އެވެ.

ފާތުމާމަނިކު ބޭނުންވާތީ ގެ ބަލަން އޭނަ އެކަނި ގޭގައި ބެހެއްޓުމަށްފަހު އަޒުހާ އާއި އާއިލާ އެންމެން ފަޅުރަށަށް ދަތުރުދާން ފުރިއެވެ.

ދެ ގަޑި އިރުގެ ދަތުރަކަށް ފަހު އެ ރަށަށް އެމީހުންނަށް ދެވުނީ ހެނދުނު ނުވައެއް ޖަހާކަށް ހާއިރުގަ އެވެ. އެ ރަށުގައި ފައި ޖެހުމާއެކު އެންމެން އަވަސް ވެގަތީ ކުޅެ މަޖާ ނެނގުމަށެވެ. އަޒުހާވެސް އެންމެނާއި އެކު ފޯރީގައި ސަކަރާތުގައި ބައިވެރިވެ، ކުޅި މަޖާ ނަގަމުން ދިޔައެވެ. 

މެންދުރުގެ ކެއުމަށް ފަހު އަޒުހާ ކުޑަކޮށް ވަރުބަލި ވިއެވެ. މަޑުމަޑު މިއުޒިކުގެ އަޑާ އެކު ޖެހުންދިޔަ ރާޅުފަށުގައި ގަހެއްގެ ހިޔާ އެޅިފައިވާ ދޮންވެލި ގަނޑު މަތީގައި އަޒުހާ އޮށޯތެވެ. އަޒުހާ އަށް ނިދުނެވެ. 

އަޒުހާ އަށް ކުއްލިއަކަށް ހޭލެވުނީ އަޒުހާ އަށް ފެނުނު ބިރުވެރި ހުވަފެނަކުން ސިއްސައިގެން ގޮހެވެ. 

މީހަކު އަޒުހާގެ މަންމަ މަރާލުމަށްފަހު މޫދުގައި ދަމަމުން ދާ މަންޒަރު ފެނުނެވެ. އެ ހުވަފެން ފެނުމާއި އެކު އަޒުހާ ފުންމާއިގެން ދެތުވިއެވެ. އަދި ދުއްވަގަތެވެ. އަޒުހާ އޭނަގެ ބޭބެ ކައިރިއަށް ދިޔައެވެ. ބޭބެ ފެނުމާއި އެކު، އަޒުހާ އަށް ރޮއިގަނެ ވުނެވެ. އަަޒުހާ ބޭބެ އަށް އެ ހުވަފެން ކިޔައި ދިނެވެ. 

"ތީ އަޒުހާ ބިރުން އުޅޭތީ ފެނުނު ހުވަފެނެއް. އެކަމަކު ދަތުރު ނިންމާލާފައި ރަށަށް ދާނީ."އަޒުހާގެ ބޭބެ ބުންޏެވެ.

އަޒުހާ އެކަން ހިތުން ފޮހެލިއެވެ. ބިރު ކަނޑާލުމަށް ފަހު އަޒުހާ އެންމެނާއިއެކު މަޖާ ނަގަމުން ދިޔައެވެ.

ތިންދުވަސްވެ ދަތުރު ނިންމާލަން ތައްޔާރުވީ އިރުވެސް އަޒުހާ ދަތުރު ނިންމާލާފައި އެ ރަށުން ދާ ހިތެއް ނުވިއެވެ.

އޯވާނައިޓް ނިންމާލުމަށްފަހު ރަށަށް ފުރަން އެންމެން ދަތުރު ހެދިއެވެ.

ފުރުމުގެ ހުރިހާ ކަމެއް ކުރުމަށްފަހު، ދޯންޏަށް އެންމެން އެރިއެވެ. 

ކުއްލިއަކަށް އަޒުހާ ވަރަށް ބާރަށް ގޮވައިގަތެވެ.

"އެރެހީ ކާކު"؟

އަޒުހާގެ ބޭބެ އަށް އެމީހާ ފެނުނެވެ. ކަޅު ބޮޑު މީހެކެވެ. އެ ފަޅުރަށުގެ ރަށު ތުޑި މަތީގައި އެ މީހާ ހުރީ ބަލާށެވެ. އިރުކޮޅަކުން އެމީހާ ގެއްލިއްޖެއެވެ.

އަޒުހާ ބޭބެ ވެސް ބިރުގަތެވެ.

ނަމަވެސް އަމާން ދަތުރަކަށްފަހު، ރަށަށް އެމީހުންނަށް ދެވުނީ އިރު އޮއްސެން ކައިރި ވެފައި ހުއްޓެވެ. 

އަޒުހާ އާއި ބޭބެ އަދި އާއިލާގެ ދަތުރު ނިންމާލުމަށްފަހު އައިސް އެންމެން ގެއަށް ވަނެވެ. ފުރަތަމަވެސް ގޭގެ ބޮޑު ދޮރު ކައިރިން ފެނުނީ ލޭ ހުރި ވަޅި އެކެވެ.  

"މަންމާ މަންމާ" ކިޔާ ގޮވަމުން އަޒުހާ އެތެރެއަށް ވަނެވެ. މަންމަގެ ހިލަމެއް ނުވިއެވެ. އެހާ ހިސާބުން މަންމަ ފެނޭތޯ ހޯދަން ފެށިއެވެ. 

ކުއްލިއަކަށް އަޒުހާ އަށް ފެނުނީ މަންމަގެ ކޮޓަރީގެ އެނދުގައި މަންމަ ނިދާފައި އޮތް ތަނެވެ.

"މަންމާ މަންމާ" އަޒުހާ ގޮވާލިއެވެ.

އެނދުގައި ފަހަތަށް އެބުރިގެން އޮތް މަންމަ ކޮނޑުގައި އަތް އަޅާ އަޒުހާ މަންމަ އަނބުރާލިއެވެ. އަޒުހާ އަށް ބާރަށް ގޮވައި ގަނެވުނެވެ. 

މަންމަގެ އަނގައިން އައީ ހުސް ލެއެވެ. މަންމަ އޮތީ މަރާލާފައެވެ. އަޒުހާ ރޮއި ހޭރި ގަތެވެ.

ހުރިހާ ކަމެއްހެން ކުރިމަތިންވެ މަންމަ އެގޮތަށް މަރުވެފައި އޮތް މަންޒަރު ފެނުމުން އަޒުހާ މޮޔަވީ އެވެ.

މަންމަ މަރުވެ، އަޒުހާ ގެ ހާލަތު އެ ގޮތަށް ފެނުމުން އަޒުހާ ބޭބެ އަށް ވަރަށް އަސަރު ކުރިއެވެ. 

އަޒުހާގެ މަންމަ އެ ރަށު ސަހަރާގައި ވަޅުލިއެވެ.

ބޭބެ އާއި އަޒުހާ މޮޔަވެ މޮޔައިން ބަލަހައްޓާ މަރުކަޒަށް ގެންދެވުނެވެ. ގޭތެރެ ނާމާން ވިއެވެ. ގޭތެރެއިން ފެންނަމުންދިޔައީ ކަޅުބޮޑު މީހެކެވެ.

ބައެއް ރޭ ރޭ ބޮޑު ވާލެއްވެސް އެ ގެއިން ފެނެ އެވެ. އެންމެ ފަހުން އެގޭގައި ނޫޅެވިގެން އެގޭގައި ތިބީ އެ އާއިލާގެ މީހުން ގެއިން ނުކުތެވެ.  

އެ ދުވަހަށްފަހު އެ ގެއަކީ މީހުން ނޫޅޭ ފަޅު ގެއެވެ.                                               

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް