ads
ރައީސް ނަޝީދު އަދި ރައީސް ސޯލިހް--
ސަރުކާރާ ދެކޮޅަށް ރައީސް ނަޝީދު ފާޅުގައި ނިކުމެވަޑައިގެންފި
މިވަގުތު އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރަކާ އެކީ ޕާޓީ ނުފެތުން ކަމަށް ވިދާޅުވެ، ސަރުކާރާއި ދެކޮޅަށް ފާޅުގައި ރައީސް ނަޝީދު ނިކުމެވަޑައިގެންފި އެވެ.
Advertisement

އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެެއް މިހަފްތާ އެއްކޮށްހެން ރައްދުކުރެވެމުންދާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގޫރޫޕް ތެރޭގައި އެމްޑީޕީތެރޭ އޮތް ބައިބައިވުން ދަނީ ވަރަށް ރަނގަޅަށް ފެންނަމުންނެވެ. އެގޮތުން އެއް މެމްބަރަކު އަނެއް މެމްބަރަކު ފަލީހަތްކޮށްވެސް ގުރޫޕުތެރޭ ދަނީ ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ. 

ރޭގެ ވަގުތެއްގައި ގުރޫޕަށް ނަޝީދު ފޮނުއްވެވި މެސުޖުގައި ވިދާޅުވެފައިވަނީ "މިވަގުތު އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރަކާ އެކީ ޕާޓީ ނުފެތުން" ކަމަށެވެ. ކޯލިޝަނަށް އިޝާރަތްކުރައްވާ ނަޝީދު ވިދާޅުވީ، މި ސަރުކާރަކީ އެމްޑީޕީގެ އެކަނި ސަރުކާރެއް ނޫން ކަމަށާއި މެމްބަރުން އެދޭ ގޮތަށް ޕާޓީގެ ވައުދުތައް ވެސް ނުފުއްދޭ ކަމަށެވެ.

ފެތެމުންދާ ސަރުކާރަކާއި ނޯވެ، ޕާޓީ އެކަހެރިވުމަށް ނަޝީދު ގޮވާލެއްވިއިރު، ކުރިއަށްއޮތް އެމްޑީޕީ ޗެއަޕާސަން އިންތިހާބާއި ގުޅިގެން ޕާޓީތެރޭގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް ވަނީ އުފެދިފައެެވެ. ރައީސް ނަޝީދު ތާއިދުކުރައްވާ ކެންޑިޑޭޓު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ޕާޓީގެ ޗެއަޕާސަން އަކަށް ގެނައުމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތަކީވެސް ޕާޓީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޮންނާނެ ގޮތެއް ނިންމުމަށް ވަރަށް މުހިންމު ރޯލެއް އަދާކުރާނެ ކަމެއްކަމަށް ކުރީގެ ޗެއަ ހަސަން ލަތީފުވެސް ވަނީ ވިދާޅުވެފައެވެ. 

ރައީސް ނަޝީދަށް ޕާޓީގެ ކޮންޓްރޯލް ގެއްލި، ޕާޓީތެރޭ ބޮޑަށް މެމްބަރުން ތާއިދުކުރައްވަނީ ރައީސް ސޯލިހުގެ ފެކްޝަނަށް ކަން މީގެ ކުރިން އޮތް އިންތިހާބުތަކުގައިވެސް ވަނީ ފެނިގެންގޮސްފައެވެ. 

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް