ads
ޓްރައިލާ އިން ފެނުނު ބައެއް މަންޒަރުތައް---
ބާގީ ތިނެއްގެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް!
"ފިލްމު ބާގީ 3"ގެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އެޓްރެއިލާ ނެރެފައިވާއިރު ޓްރެއިލާ އިން ފެނިގެންދަނީ ޓައިގާ ޝްރޮފް (ރޯނީ) އޭނާގެ ބޭބެ ވިކްރަމް (ރިތޭޝް ދޭޝްމުކް) ސަލާމަތް ކުރުމަށް ކުރާ މަސައްކަތެވެ.

ފިލްމުގެ ޓްރެއިލާ އިން ލީޑު ބަތަލާ ޝްރައްދާ ކަޕޫރު ވެސް ފެނިގެންދެއެވެ. މިހާތަނަށް އެޓްރެއިލާ 39 މިލިއަން މީހުން ބަލާފައިވާއިރު ގިނަ ބަޔަކަށް ވަނީ ޓްރެއިލާ ކަމުގޮސްފައެވެ.

ބާގީ ތިނެއް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ.

ބާގީގެ ފުރަތަމަ ބައި ނެރުނީ 2016 ވަނަ އަހަރެވެ. ފުރަތަމަ ބައިން ލީޑު ރޯލުން ފެނިގެން ދިޔައީ ވެސް ޓައިގާ އާއި ޝްރައްދާ އެވެ. ފިލްމުގެ ފުރަތަމަ ބަޔަަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ފިލްމުގެ ދެވަނަ ބައި 2018 ވަނަ އަހަރުގެ ކުރީކޮޅު ނެރެފައިވާއިރު އެފިލްމުގެ ލީޑުން ޓައިގާއާ އެކު ފެނިފައިވަނީ ދިޝާ ޕަޓާނީ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް