ނަދީ އޭނާގެ ޓިކްޓޮކް އެކައުންޓުގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައި އިންތިއަށް ތާއީދު ކުރާ ވާހަކަ ބުނެފައިވާއިރު ގިނަ ބަޔަކު ވަނީ އެ ވީޑިއޯއަށް ލައިކް ކޮށްފައެވެ. އަދި މިއީ އިންތި ޗެއާޕާސަން ކަމުގެ މަގާމު ކަށަވަރު ކޮށްފައިވާކަމަށް ފެންނަ ހެއްކެއް ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އިންތިއަށް ތާއީދުކޮށް ނަދީގެ ދައުރުވަމުންދާ ވީޑިއޯގައި ނަދީ ބުނެފައިވަނީ، މިހުރީ އިންތިއާއި އެކު ކަމަށާއި، އިންތިއަށް ވޯޓެއް ދެއްވުމަށް އެދޭ ކަމަށެވެ.
އާއްމު ގޮތެއްގައި ނަދީ ދޫކޮށްލާ ވީޑިއޯތަކަކީ، އެ ދުވަސްވަރެއްގައި އެތައް ބަޔަކު އެ ވީޑިއޯތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ބޭނުން ކުރާ ވީޑިއޯތަކެއް ކަން ފާހަގަ ކުރެވެއެވެ. އެހެން ކަމުން މި ވީޑިއޯވެސް ދިވެހިންގެ ތެރޭގައި ވައިރަލް ވެގެން ދާނެ ކަމީ ދެބަސް ވެވެން ނެތް ކަމެކެވެ.
މީގެ ކުރިން ނަދީ އާއްމު ކުރި ބޮމްބޭ ޓީ ވީޑިއޯ އަކީވެސް އަދިވެސް އެތައް ބަޔަކު އެ ވީޑިއޯގެ ބޭނުން އެކި ގޮތްގޮތުން ހިފަމުން އަންނަ ވީޑިއޯއެއް ކަން ފާހަގަ ކުރެވެއެވެ. އަދި އެ ދުވަސްކޮޅު އެކި ކެފޭ ތަކަށް ބޮމްބޭ ޓީ ބޯން ދާމީހުންވެސް ގިނަކަން ފާހަގަ ކުރެވުނެވެ.
ބައެއް ފަރާތްތަކުން ނަދީގެ ވީޑިއޯތަކަށް މަލާމާތް ކުރިނަމަވެސް، ނަދީ އަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މީހެކެވެ. މިހާރުވެސް އޭނާގެ ޓިކްޓޮކް އެކައުންޓު ފޮލޯ ކުރާ 24،000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.