ސޯޝަލް މީޑިޔާގައި އެ ވީޑިއޯ އާންމު ކުރަމުން މީހަކު ބުނެފަިއވަނީ އެއީ މީހަކު ސިނގިރޭޓެއް ބޮއެފައި އެއްލާލީ ކަމަށެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން ހުރިހާ ފްލެޓްތަކެއް އަނދައިގެން ހިނގައިދާފަދަ ބޮޑު ހާދިސާެއްވެސް ހިނގާފާނެ ކަމަށެވެ.
އެހެންނަމަވެސް ސޯޝަލްމީޑިއާގައި ދައުރުވަމުންދާ އެ ވީޑިއޯއަށް ކޮމެންޓް ކޮށްފައިވާ އެހެން މީހަކު ބުނެފައިވަނީ އެއީ މީހަކު އެއްލި ސިނގިރޭޓެއް ނޫން ކަމަށާއި އެއީ ކުޑ ކުއްޖަކު ކަރުދާސްގަނޑެއްގައި އަލިފާން ރޯކޮށްފައި ބޭރަށް އެއްލާލީ ކަމަށެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ސިނގިރޭޓަކަށް ވުރެ ފެންނަފެނުމަށް ވައްތަރީ އެއްޗެއްގައި އަލިފާން ރޯކޮށްފައި އެއްލާލީ ކަމަށެވެ. އަލިފާން ވަރަށް ބޮޑަށް ބުރައިގެންދާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
ދާދިފަހުންވެސް ހިޔާ ފްލެޓެއްގައި ވަނީ ރޯވެފައެވެ.