ads
ހައްޏާމީދޫގަައި ސާފު ބޯފެނުގެ ނިޒާމެއް ގާއިމް ކޮށް ނިމެނީ: ފޮޓޯ/ އެމްޑަބްލިއުއެސްސީ
ހައްޏާމީދޫގަައި ސާފު ބޯފެނުގެ ނިޒާމު ގާއިމްކޮށް ނިމެނީ
އދ.ހަންޏާމީދޫގައި ފަށާފައިވާ ސާފު ބޯފެނުގެ ނިޒާމު ގާއިމުކުރުމުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފި އެވެ.

ހަންޏާމީދޫގައި ހަދަންފަށާފައިވާ ފެނުގެ މަޝްރޫއުއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ ކުންްފުންޏާއި ހަވާލުކުރެވިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ޖުމްލަ އަގަކީ 65.21 މިލިއަން ރުފިޔާ އެވެ.

ފެނުގެ ނިޒާމްގައި ހިމެނޭ 91.4 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތްތަކާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި، އާރްއޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގެ މަސައްކަތްތަކާއި އަދި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތައް ވަނީ މިހާރު ނިމިފައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. 

ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެންރައްކާ ކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުމުގެ މަސައްކަތްތައް މިހާރު ދަނީ ފެށިގެން ކުރިއަށެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ އިމާރާތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފަ އެވެ.

ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ގޭގެއަށް ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދިނުމާއި, ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުންވެސް ހިމެނިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ މަޝްރޫއުގެ މަސައްކަތް ނިމުމުން ހަންޏާމީދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް