ads
ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭގޮތް ހަމަޖެހިއްޖެ
ކޮމަންވެލްތުގެ ސްކޮލަރޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭގޮތް ހަމަޖެހިއްޖެ އެވެ.

މިކަން މިގޮތަށް ހަމަޖެހިގެން ދިޔައީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއިއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ބޭއްވެވި ބައްދަލުވުމުގައި، ދިވެހި ދަރިވަރުންނަށް ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނެ މަގުފަހިކޮށްދެއްވުމަށް މިނިސްޓަރ ޝާހިދު އެދިވަޑައިގަތުމާއި ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. 

މިނިސްޓަރ ޝާހިދުގެ އެދިވަޑައިގަތުމާއި ގުޅިގެން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްވަނީ އެކަމަށް ތާއީދުކުރައްވައި، މިއަދުން ފެށިގެން ކޮމަންވެލްތުގެ ސްކޮލަރޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭނެކަމަށް ނިންމަވާފައި ވާކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދީފައިވެ އެވެ. 

މީގެ އިތުރުން ކޮމަންލެތް ސެކްރެޓޭރިއޭޓް ހެޑްކުއާޓާޒްގައި ރާއްޖޭގެ ދިދަ އިއްޔެ ވަނީ ނަގާފައެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ކޮމަންވެލްތާއި ދިވެހި ސަރުކާރުން އަލަށް ގުޅުމަށް އެދި މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި މަޖިލީހުން އެކަމަށް ރުހުން ދިނުމުން ކޮމަންވެލްތްގައި ބައިވެރިވުމަށް ރާއްޖެއިން އެދުނެވެ. އަދި ރާއްޖެއިން ކޮމަންވެލްތާއި އަލުން ގުޅިފައިވަނީ މިހިނގާ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް