ads
އުމްރާގެ އަޅުކަން އަދާ ކުރަމުން ދަނިކޮށް މަރުވި ދިވެހި މީހާ
އުމްރާގެ އަޅުކަން އަދާކުރަން ގޮސްހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ މާތް މަތިވެރި އަޅުކަން އަދާ ކުރުމަށް މައްކާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ، ބ. އޭދަފުށީ ބަގީޗާގޭ އުމުރުން 76 އަހަރުގެ އަބޫބަކުރު ހަސަން އެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދިން އެރަށުން މީހަކު ބުނީ، އަބޫބަކުރު ނިޔާވީ، މިއަދު މައްކާގެ ހަރަމްފުޅުގައި ފަތިސް ނަމާދު ކޮށް ނިމިގެން ހޮޓަލަށް ދިޔަ މަގުމަތީ ކަމަށެވެ. 

"އަބޫބަކުރު ނިޔާވީ، ފަތިސް ނަމާދުކޮށް ނިމިގެން އެނބުރި ހޮޓަލަށް ދިޔަ މަގުމަތީ މެއަށް ތަދެއް އަރައިގެން ކަމަށް އަޅުގަނޑަށް މަައުލޫމާތު ލިބިފައިވަނީ." އެފަރާތުން ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ، އަބޫބަކުރު އުމުރާއަށް ދިޔައީ އޭނާގެ އާއިލާގެ ގިނަ މެމްބަރުން ތަކަކާ އެކު ކަމަށެވެ. އަދި މިވަގުތު އަބޫބަކުރުގެ ހަށިގަނޑު މޯޗަރީގައި ބާއްވާފައި އޮތް އިރު، ކަށުނަމާދު ކުރާނެ ވަގުތު އަދި އެނގިފައި ނުވާކަމަށް އެފަރާތުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް