ads
އަބޫބަކުރު، އޭނާގެ އަންހެނުންނާއި ހުރިހާ ކުދިން އަދި ދަނބިދަރިންނާއެކު އުމްރާއަށް ގޮސް ފޮޓޯއަކަށް ހުއްޓާލައިގެން.
އެންމެ ބޭނުންވީ ދަރިންނާ އެކު އުމުރާއެއް، ނިޔާވީ އެ އުމްރާ ފުރިހަމަކޮށް މައްކާ ބިމުގައި
ބ.އޭދަފުށީ، މާބަގީޗާގެ، އުމުރުން 76 އަބޫބަކުރު ހަސަން، އަކީ ގާތްތިމާގެ މީހުންނާއި، އާއިލާއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ހިތްހެޔޮ މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. ހުސްވަގުތުތަކުގައި އެކަނިވެރިކަމަށް ލޯބިކުރާ، ނަމާދު ވަގުތުގެ 15 މިނެޓުގެ ކުރިން މިސްކިތަށް އަރާ އަބޫބަކުރުގެ އަބަދުގެވެސް އުންމީދަކަށް ވީ ކޮންމެވެސް ދުވަހަކުން ހުރިހާ ދަރިންނާއިއެކު އުމުރާއެއް ފުރިހަމަ ކުރުމެވެ. ފަސް ވަނަ އުމުރާ ދަރިންނާއިއެކު ފުރިހަމަކުރުމަށްފަހު މިއަދު މައްކާގެ ބިމުން އެ އަލްވަދާއުކީ ރިވެތި މަރަކުން ބަކުރުގެ އެ އުންމީދުވެސް ފުރިހަމަވެގެންނެވެ.

"ސީއެންއެމް"އާއި ވާހަކަދައްކި އަބޫބަކުރުގެ ގާތް ރައްޓައްސަކު ބުނީ އާއިލާގެ އެންމެންނާއި، ދަރިން ގޮވައިގެން އުމުރާއަކަށް ދިއުމަށް ބަކުރު އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. 

" އަބަދުވެސް އަޅުގަނޑު ކައިރީގަ ކިޔާނެ ފެމެލީ އެންމެން ގޮވައިގެން އުމުރާއަކަށް ދާން. ވަރަށް ގިނަ ދުވަހުގެ އުންމީދާއި އެކު ބަކުރުބެ ފެށި ދަތުރެއް މީ. " އޭދަފުށިން ވާހަކަ ދެއްކި އަބޫބަކުރުގެ ގާތް އެކުވެރިޔަކު ކިޔައިދިނެވެ.

your imageއަބޫބަކުރު އުމްރާގައި--

މީގެ ކުރިން ހަތަރު އުމްރާއެއް ފުރިހަމަ ކުރި އަބޫބަކުރު މިފަހަރު މުސާފިރީން ގުރޫޕާއެކު އުމްރާއަށް ގޮސްފައިވަނީ އަންހެނުންނާއި ބައެއް ދަރިންނާއި، ކާފަދަރިއަކުވެސް ގޮވައިގެންނެވެ. މިމަހުގެ 17 ވަނަ ދުވަހު އުމްރާއަށް އެ އާއިލާ ފުރީ ގާތްގަނޑަކަށް ދަރިންނާއި އާއިލާގެ މީހުންނާއެކު 17 ވަރަކަށް މީހުންގެ ޓީމަކާއި އެކެވެ.

އުމްރާގެ އަޅުކަން ފުރިހަމަކޮށް ނިމިފައިވަނިކޮށް އަބޫބަކުރު ނިޔާވެފައިވަނީ ރޭ ފަތިސް ނަމާދަށް ފަހު ކުއްލިއަކަށް މެޔަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެންދަން އުޅެނިކޮށެވެ. އުމްރާ ފުރިހަމަކުރުމަށްފަހު އަރާމު ނިންޖަކުން އަބަދުގެ އަބަދަށް ނިދީއެވެ. ހާދަ އުފާވެރި ނިމުމެކެވެ. ދިގުދެމިގެންވާ ސަދަގާތާއެކު އަބޫބަކުރުގެ ކަށްވަޅު އަމާން ކަން ލިބިގެންވާ ފިނި ތަނެއްކަމުގައި ލައްވާންދޭވެ. އާމީން.  

92%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް