ސައުދީން 2019 ވަނަ އަހަރު ރާއްޖެ އަށް ހަދިޔާކުރި ކަދުރު ފޮށިތައް
ރޯދަ މަސް ނިމެނީ، އަދިވެސް ކަދުރެއް ނުލިބޭ!
Share
ސައުދީ އަރަބިއްޔާއިން ކޮންމެ ރޯދަމަހަކު ރާއްޖެއަށް ހަދިޔާކުރާ ކަދުރު މިފަހަރު ލިބޭނީ ރޯދަމަހުގެ ފަހު ދިހައިގެ ތެރޭގައި ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނި ނަމަވެސް އަދިވެސް ކަދުރު ނުލިބޭ ކަން އެނގިއްޖެއެވެ.
Advertisement

މީގެ ކުރީ އަހަރުތަކުގައި ސައުދީން ހަދިޔާ ކުރާ ކަދުރު ރޯދަ މަސް ފެށުމުގެ ކުރިން ލިބުނު ނަމަވެސް އެކި ސަބަބު ތަކާއި ހެދި މިއަހަރު ކަދުރު ލިބުން ލަސްވި ވާހަކަ އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. 

އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހު މީގެ ކުރިން ވިދާޅުވީ ކަދުރު ޝިޕްމަންޓު ހަމަޖެހިފައިވާ ކަމަށް ސައުދީ އެމްބަސީން މައުލޫމާތު ދީފައިވާ ކަމަށާއި، އެ ޝިޕްމަންޓް ރޯދަ މަހުގެ ފަހުކޮޅު ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. 

އެހެން ނަމަވެސް ސީއެންއެމް އަށް ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މި އަހަރު ސައުދީއިން ފޮނުވާ ކަދުރު ރޯދަމަސް ނިމެން ވާއިރަށްވެސް ނުލިބޭނެ ކަމަށެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަފްރާހު ވިދާޅުވީ، ސައުދީއިން ރާއްޖެއަށް އަންނަ ކަދުރު އަދިވެސް ލިބިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއަށް ފޮނުވާ ކަދުރުތައް މިހާރު ރާއްޖެއައުމުގެ ދަތުރު މަތީ ވާކަމަށް މައުލޫމާތު ލިބިފައި ވާކަމަށްވެސް އަފްރާހް ވިދާޅުވިއެވެ. 

އާންމު ގޮތެއްގައި ސައުދީން ހަދިޔާ ކުރަނީ 50 ޓަނުގެ ކަދުރެވެ. ނަމަވެސް، މިދިޔަ އަހަރުގެ ރޯދަ މަހަށް ސައުދީން ހަދިޔާ ކުރީ 25 ޓަނުގެ ކަދުރެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި ފަހަރު ސައުދީ ސަރުކާރުން ފޮނުވަނީ ކިހާ ޓަނެއްގެ ކަދުރު ކަމެއް ނޭނގޭ އެވެ. ނަމަވެސް، އާންމު އުސޫލުން 50 ޓަނު ކަދުރު ފޮނުވާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އަހަރަށް ކަދުރު ބަހާނެ އުސޫލެއް އަދި އާންމެއް ނުކުރެ އެވެ. މިދިޔަ އަހަރު ކަދުރު ބެހިއިރު އިސްކަންދިނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ކޮންމެ މީހަކަށް އެއް ޕެކެޓް ދިނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް