ads
ވައިޓް ހައުސްގެ ކޮވިޑް-19 އެޑްވައިޒަރު އެންތަނީ ފައުޗީ
ކޮވިޑް ފެތުރުން އެމެރިކާގައި ހުއްޓުމަކަށް!
ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ބަލިމަޑުކަން އެމެރިކާގައި ހުއްޓުމަކަށް އަތުވެއްޖެ ކަމައް އެގައުމުން ބުނެފިއެވެ.

ވައިޓް ހައުސްގެ ކޮވިޑް-19 އެޑްވައިޒަރު އެންތަނީ ފައުޗީ ވިދާޅުވީ ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކާއި، ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. 

އަންގާރަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ފައުޗީ ވަނީ އެމެރިކާގައި ޕެންޑެމިކް ކުރިއަށް ފެންނަ ގޮތާމެދު މެދު ކޮންމެވެސް ވަރެއްގެ އުންމީދެއް ދެއްވާފަ އެވެ.

ފައުޗީ ވިދާޅުވީ މީގެ ކުރިން ޕެންޑެމިކްގައި ދުވާލަކު 900،000 އާ ކޭސްތައް ފެންނަ ކަމަސާއި،  އަދި އެތައް ހާސް ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް،  އެތައް ހާސް ބަޔަކު މަރުވެގެން ދިޔަ ކަމަށެވެ. އެހެންނަމަވެސް އެއަދަދުތައް މިހާރު ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައިކަމަށް އޭނާ ވިދާޅުވިއެވެ. 

ނަމަވެސް ފައުޗީ ވަނީ އެވައިރަސް މުޅިން ނައްތާ ލެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި،  މެދުކެނޑުމެއްނެތި ވެކްސިން ދީގެން އަދަދު ވަރަށް މަދު ކުރެވިދާނެ ކަމުގައި ވިދާޅުވެފައެވެ.  

އޭނާ ވިދާޅުވީ މިހާރު އަދަދުތައް ދަށްވެފައި ހުރި ކަމުގައިވިޔަސް އަދަދުތައް އިތުރުވެދާނެ ކަމަށްވެސް ވިދާޅުވެފައެވެ އެހެންނަމަވެސް ވެކްސިން ޖަހައިގެން އދަދުތައް މަދުކުރެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް