ads
ޑރ. އިޔާޒް
ޑރ. އިޔާޒް ސަސްޕެންޑް ކުރީ ގާނޫނާއި ހިލާފަށް: ޓްރައިބިއުނަލް
ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރުގެ މަގާމު އަދާ ކުރައްވަމުން ގެންދަވަނިކޮށް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފު އެމަގާމުން ސަސްޕެންޑު ކުރީ ގާނޫނާއި ހިލާފަށް ކަމަށް، ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއިން ނިންމައިފިއެވެ.

އަންހެންކުދިން ހިތާނު ކުރުމަށް ހިތްވަރުދޭ މީހެއްކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް މިދިޔަ އަހަރު ޑރ. އިޔާޒް މަގާމުން ސަސްޕެންޑު ކުރިއެވެ. މި މައްސަލަ ޑރ. އިޔާޒްގެ ފަރާތުން ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އަށް ހުށައެޅީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެ މައްސަލަ ހުށައެޅިފައި ވަނިކޮށް ޖޫން މަހުގެ އެއްވަނަ ދުވަހު ޑރ. އިޔާޒް ވަނީ އެމަގާމުން ވަކިކޮށްފައެވެ. 

މިކަމާއި ގުޅިގެން ޑރ. އިޔާޒް މިއަދު ވިދާޅުވީ، ގައުމީ ޔުނިޔާސިޓީއިން މީގެ ކުރިން އަދާ ކުރަމުން ދިޔަ ވަޒީފާއިން ވަކިކުރީ ގާނޫނާއި ހިލާފަށް ކަމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން މިއަދު ނިންމާފައި ވާކަމަށެވެ. 

"ކުރިޔަށް އޮތް ތަނުގައި ވެސް ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް ގައުމީ ޔުނިވާސިޓީގެ ވެރިންނަށް އިލްތިމާސްކުރަން." ޑރ. އިޔާޒް ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.

އަދި އެމަގާމުން ޑރ. އިޔާޒު ވަކިކޮށްފައިވަނީ އަންހެނުން ހިތާނުކުރަން ހިތްވަރު ދޭ ގޮތަށް، ވާހަކަ ދައްކާފައިވާ ކަމަށް ބުނުމާއި ގުޅިގެނެވެ.

އަންހެނުން ހިތާނުކުރުން ދިފާއުކޮށް ޑރ. އިޔާޒް ވިދާޅުވީ އޭނާ މަސައްކަތް ކުރެއްވީ ހަގީގަތް ހާމަކޮށްދެއްވުމަށް ކަމަށް ބުނެފައެވެ.

އެހެންނަމަވެސް އެއީ އޭނާ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށާއި، މިކަމުގެ ސަބަބުން އެއްވެސް މީހަކަށް ނުރަނގަޅު މެސެޖެއް ލިބިފައިވާނަމަ އެކަމަށް މައާފަށް އެދޭކަމަށް ޑރ. އިޔާޒު ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް